ENGLISH

22 އޭޕްރީލު 2025

Advertisement

އިސްލާމްދީނާ ޚިލާފު އެއްބަސްވުންތަކުގައި ރާއްޖެއިން ސޮއެއް ނުކުރާނެ: މިނިސްޓަރު ޝަހީމް

22 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު

އިސްލާމްދީނާ ޚިލާފު އެއްބަސްވުންތަކުގައި ރާއްޖެއިން ސޮއި ނުކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސަހީމް މިހެން ވިދާޅުވީ "ކޯޕަރޭޝަން ބިޓްވީން ދަ ޔުނައިޓެޑް ނޭޝަންސް އެންޑް ދަ ކައުންސިލް އޮފް ޔޫރަޕް" ޤަރާރާއި ގުޅޭގޮތުން ޙަޤީޤަތް އޮޅޭ ގޮތަށް ބަޔަކު ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެންނެވެ.

ރާއްޖެއިން ވޯޓްދޭ ކޮންމެ ޤަރާރެއްގައި އިސްލާމް ދީނާއި ޚިލާފު ކޮންމެ ކަމަކަށް ރާއްޖެއިން އަބަދުވެސް ރިޒަވޭޝަން ހުށައަޅަ އެވެ. އެ ޤަރާރުތަކަށް ރާއްޖެއިން އަބަދުވެސް ވޯޓް ދެނީ ދީނާ ޚިލާފު ކަންކަން އިސްތިސްނާ ކޮށްފަ އެވެ.

މިނިސްޓަރު ޝަހީމް ވެސް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ. ވިދާޅުވީ ބައިނަލްއަޤުވާމީ މުޢާހަދާތަކުގައި ސޮއިކުރާ ނަމަ، އޭގައި ހުންނަ އިސްލާމީ ޝަރީޢަތާ ޚިލާފު ކަންކަމަށް އަބަދުވެސް އިސްލާމީ ޤައުމުތަކުން ރިޒަވޭޝަން ލާނެ ކަމަށެވެ.

"އިސްލާމްދީނާ ޚިލާފު އެއްބަސްވުންތަކުގައި ރާއްޖެއިން ސޮއެއް ނުކުރާނެ," ޙަޤީޤަތް އޮޅޭ ގޮތަށް ފަތުރަމުންދާ ވާހަކަތަކާއި ގުޅޭގޮތުން މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު