ENGLISH

22 އޭޕްރީލު 2025

Advertisement

ނަބަވީގެ އިމާމު، މަދީނާގެ ފުރަތަމަ ދިވެހި ޢިލްމުވެރިޔާއާ ބައްދަލު ކުރައްވައިފި

22 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ނަބަވީގެ އިމާމު، މަދީނާގެ ފުރަތަމަ ދިވެހި ޢިލްމުވެރިޔާއާ ބައްދަލު ކުރެއްވުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، މަދީނާ އިސްލާމީ ޔުނިވާސިޓީން ތަޢުލީމް ޙާސިލްކުރެއްވި ފުރަތަމަ ދިވެހި ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޑރ. އިސްމާޢިލް މުޙައްމަދާއި ބައްދަލު ކުރައްވައިފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގެންނެވީ އިއްޔެ އެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހްސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދައުވަތުގައި ކުރައްވަވާ ދަތުރުފުޅެކެވެ.

ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ގެންދަވަނީ އެކި ބޭފުޅުންނާއި ބައްދަލު ކުރައްވަމުންނެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، މަދީނާ އިސްލާމީ ޔުނިވާސިޓީން ތަޢުލީމް ޙާސިލްކުރެއްވި ފުރަތަމަ ދިވެހި ޢިލްމުވެރިޔާ ފަޟީލަތުއްޝައިޚް ޑރ. އިސްމާޢިލް މުޙައްމަދާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައެވެ. 

ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަކީ ރާއްޖެ ދުށް ކުޅަދާނަ ޢިލްމުވެރި އެކެވެ. ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ވެސް ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް ވަނީ އަރުވާފަ އެވެ. 

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު މާފަންނު ތައިބާ، ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އެރުވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިންނެވެ.

އިސްލާމީ އިލްމު ފެތުރުއްވުމަށް އެތައް އަހަރުތަކެއް ވަންދެން ކުރައްވާފަޢިވާ އަގުހުރި މަސައްކަތްޕުޅުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އެޝަރަފު އެމަނިކުފާނަށް އެރުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. 

ކިޔުންތެރިންގެ ހިޔާލު