ENGLISH

22 އޭޕްރީލު 2025

Advertisement

ސެންޓްރަލް ޕާކުގެ ރީތި ގަސްތަކުގައި މާތައް ފަރިވެ ފޮޅިއްޖެ

22 އޭޕްރީލު 2025

|

އަހުމަދު ސައީދު

ހުލޫމާލޭގެ ސެންޓްރަލް ޕާކުގައި ހުރި ރީތި ގަހެއްގައި މާ އަޅާ ބަރާވެފައި-- ފޮޓޯ/އެޗްޑީސީ

އެކުވެރިންނާ އާއިލީ ގުޅުންތަކުގެ މާހައުލެއް ކަމަށްވާ ހުޅުމާލެ ސެންޓްރަލް ޕާކުގައި ހުންނަ ރީތި ގަސްތަކުގައި މާ އަޅާ ފަރިވެ ފޮޅިފައިވާ ހިތްގައިމު ފޮޓޯތަކެއް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ޝެއާ ކޮށްފިއެވެ. 

މާލެ ސަރަހައްދުގައި އެންމެ ފެހިކަން ގަދަ މައިދާނުގައި ހުންނަ ރީތީގަސްތަކުގައި ފަތަށްވުރެ މާ ގިނަ ވެފައިވާ ފޮޓޯތައް އެޗްޑިސީން ޝެއާކުރީ މިއަދު ފާހަގަކުރާ ބައިނަލް އަގުވާނީ "އާތް ޑޭ" އާ ގުޅިގެންނެވެ. ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 22 ވަނަ ދުވަސް އާތް ޑޭގެ ގޮތުގައި ފާހަގަކުރަނީ، ދުނިޔޭގެ ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތުގެ ކާމިޔާބީ ފާހަގަ ކުުރުމާއި ގަސްގަހާގެހި ހިމާޔަތް ކުރުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ.

ސެންޓްރަލް ޕާކުގައި ހުރި ރީތި ގަހެއްގެ ދަށުގައި ބަޔަކު ފޮޓޯ ނަގަނީ-- ފޮޓޯ/އެޗްޑީސީ

ހުޅުމާލޭގެ ސެންޓަރަލް ޕާކަކީ  މާއަޅާ ގަސްގަހާއި ހިޔާ ދޭ ގަސްތަކުގެ ފެހިކަންގަދަ މާހައުލެއްގެ ގޮތުގައި ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް އެޗްޑީސީން ކުރަމުން ގެންދެއެވެ. ހުލުމާލޭގެ މަގުތަކާއި މައިޒާންތަކުގެ  ފެހިކަން އިތުރުކުރުމަށް އެޗްޑީސީން ގަސްއިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. 

ހުޅުމާލޭ ޗަނބޭލީ މަގުގައި ހުރި މަޑިމަސްވަކަރު ގަސްތަކުގައި މާ އަޅާ ފުރި، ގަސްގަހުން ފައިބާ މަލުން ބިންމަތި ފޮރުވިފައިވާ ހިތްގައިމު މަންޒަރުތަކުގެ ފޮޓޯތައް ވެސް މިދިޔަ މަހު އާންމުވި އެވެ. އެއީ ކޮންމެ އަހަރަކު ވަކި މޫސުމެއްގައި މާ އަޅާ ގަސްތަކެކެވެ. 

އެޗުޑީސީގެ ބެލެހެއްޓުމުގައިވާ ރަށްތައް ފެހިކުރުމަށްޓަކައި ލ. ގަމުގައި ނާސަރީއެއް ތަރައްގީކުރަން ނިންމައި، އެކަމަށްޓަކައި އެއް ލައްކަ އަކަފޫޓުގެ ބިމެއް އެޗްޑީސީން މިއަހަރު ނަގާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު