ENGLISH
10 މޭ 2025
ރަށުގައި ތިބެގެން އޭ ޒޯންގެ ލައިސަންސް ލިބުމުގެ އުފާ ހިރިލަންދޫ މީހުނަށް ހާސިލުވެއްޖެ
22 އޭޕްރީލު 2025
|
ތ. ހިރިލަންދޫ ޑްރައިވިން ލައިސަންސް ޓްރެކުގައި މީހަކު ސައިކަލެއް އަތުން ހިފައިގެން އަންނަނީ-- ފޮޓޯ/ ހިރިލަންދޫ ކައުންސިލް
ތ. ހިރިލަންދޫގައި ޑްރައިވިން ލައިސަންސް ޓްރެކެއް ގާއިމުކޮށް އެރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އޭ ޒޯންގެ ލައިސަންސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ހިދުމަތް އެރަށުގައި ރަސްމީކޮށް ފަށައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ހިރިލަންދޫގައި ލައިސަންސް ދޫކުރުމުގެ ހިދުމަތް ފެއްޓުމަށްޓަކައި މިނިސްޓްރީ ޓީމެއް އެރަށަށް ޒިޔާރްތަކޮށް ރަށުކައުންސިލްގެ މުވައްޒަފުންނަށް ލައިސަންސް ދޫކުރުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމު ކުރިޔަށް ގެންގޮސްފައިވާކަމަށެވެ. ހިރިލަންދޫ ކައުންސިލުން ބުނީ ޓްރާންސް ޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަށް މެދުވެރިކޮށް އެރަށުން ލައިސަންސް ނެގުމަށް މިހާރު ހުށަހެޅޭނެ ކަމަށެވެ.
ޓްރާސްޕޯޓް މިނިސްޓްރީން ބުނީ ހިރިލަންދޫގައި ލައިސަންސް ހިދުމަތް ފެށުމާއެކު އެ މި ހިދުމަތް ހޯދުމަށްޓަކައި އެހެން ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ކުރިމަތިވި ތަކުލީފުތަކަށް ނިމުމެއް އައިސްފައިވާ ކަމަށެވެ. ހިރިލަންދޫ އަކީ އަކީ ހާހަކަށްވުރެ އާބާދީ ބޮޑު ރަށެކެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ގއ. ދާންދޫގައި ވެސް ވަނީ އޭ ޒޯން ލައިސަންސް ދޫކުރުމުގެ ހިދުމަތް ފަށައިފައެވެ. މިއީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ހިންގުމަށް ބާރުދިނުމުގެ ގޮތުންނާއި ކައުންސިލްތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވުނު ކަމެއް ކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ބުނެއެވެ.