ENGLISH
22 އޭޕްރީލު 2025
ޚިދުމަތާއި ގުޅުނު 115 ސިފައިން ހުވާކޮށްފި
22 އޭޕްރީލު 2025
|
މި މަހުގެ ތެރޭގައި ދަސްވެނިވުނު ސިފައިންގެ 71 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުންނަށް ބަޑި ހަވާލުކުރުން -- ފޮޓޯ: ރައީސް އޮފީސް
މި މަހުގެ ތެރޭގައި ދަސްވެނިވުނު ސިފައިންގެ 71 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކޮށްފި އެވެ.
އެ ދަރިވަަރުން ސިފައިންގެ ހުވާކުރުން އޮތީ ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
މި ޖަލްސާގައި ވަނީ އެ ދަރިވަރުންނަށް ހުވާ ލައިދެއްވުމާއި ބަޑި ހަވާލުކުރުން ބާއްވާފައެވެ. ދަރިވަރުންނަށް ހުވާ ލައިދެއްވީ، ހައިކޯޓުގެ ފަނޑިޔާރު، މުޙައްމަދު ނިޔާޒްއެވެ.
ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އަދި ސިފައިންގެ މީހުންނަށް ބަޑިހަވާލުކުރާ އިރު އަންގާ އެންގުން އިއްވައިދެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ.
އެމްއެންޑީއެފުން ބުނީ 71 ވަނަ އަސާސީ ތަމްރީނު ކޯހުން ދަސްވެނިވެ، ހުވާ ކޮށްފައި ވަނީ 115 ދަރިވަރުން ކަމަށެވެ. މީގެ ތެރޭގައި 10 އަންހެން ސިފައިންނާއި 105 ފިރިހެން ސިފައިން ހިމެނެ އެވެ.