ENGLISH

22 އޭޕްރީލު 2025

Advertisement

ރައީސް މުޢިއްޒަކީ ވެވަޑައިގެންނެވި ވައުދުތައްފުއްދަވަމުން ގެންދަވާ ލީޑަރެއް: ޑިފެންސް މިނިސްޓަރު

21 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާ

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުއިޢްޒު އަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދަވަމުން ގެންދަވާ ލީޑަރެއް ކަމަށް ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފަނު ވިދާޅުވީ ދިވެހި ސިފައިންނާމެދު ވަރަށް ބޮޑު އިޙްތިރާމަކާއި ލޯތްބެއް ރައީސްގެ ހިތްޕުޅުގައި އޮންނަ ކަމަށެވެ. އެމަނިކުފާނާއި ބައްދަލުވެވަޑައިގަންނަވާ ކޮންމެ ފަހަރަކު ދައްކަވާ ވާހަކަފުޅުތަކުން އެކަން ޔަޤީން ކުރެއްވޭ ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށާއި އަސްކަރިއްޔާއަށް ކުރިއެރުން ހޯއްދަވައި ދެއްވުމާއި ސިފައިންގެ ވެލްފެއާ ކަންކަމަށް ރައީސް ދެއްވާ ޚާއްސަ ސަމާލުކަމުގެ ސަބަބުން ސިފައިންގެ ހިތްތަކުގައި ވެސް އެމަނިކުފާނަށް ވަރަށް ބޮޑު ލޯބްތަކާއި އިޙްތިރާމެއް އޮންނަ ކަމަށެވެ.

މިނިސްޓަރު ވަނީ ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަ ކުރައްވާފަ އެވެ. އަދި ވިދާޅުވީ އެމަނިކުފާނަކީ ވައުދުވެވަޑައިގެން ވައުދުފުއްދަވަމުން ގެންދަވާ ލީޑަރެއް ކަމަށެވެ.

މިނިސްޓަރު ވެސް ވިދާޅުވީ ދިވެހި އަސްކަރިއްޔާއަށް ރައީސުލްޖުމްހޫރިއްޔާ ހޯއްދަވައި ދެއްވަނީ ހޯދަން މަޖުބޫރު ވަސީލަތްތަކެއް ކަމަށެވެ. އެއީ ދިވެހީންގެ މިނިވަންކަން ދެމި އޮތުމަށް ކޮންމެ ކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި އެ މަސައްކަތް ރައީސް ގެންދަވަނީ ކެނޑިނޭޅި ކުރައްވަމުން ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޣައްސާން ވިދާޅުވީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާފަދަ ކަންކަން ދިވެހީންގެ ތެރޭގައި ހިނގާފައިވާ ކަމަށެވެ. މިދިޔަ 10 ވަރަކަސް އަހަރަށް ބަލާލިނަމަވެސް ރާއްޖޭގައި ހިނގާފައިވާ ނިރުބަވެރި އަމަލުތަކުން އަސްކަރިއްޔާގެ ޤާބިލްކަން ވަރުގަދަ ކުރުމުގެ މުހިންމު ކަން އަންގައިދޭ ކަމަށް ޣައްސާން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު