ENGLISH
21 އޭޕްރީލު 2025
މި ދައުރު ވެގެންދާނީ މިހާތަނަށް އަސްކަރިއްޔާ ނުދެކޭހާ ކުރިއެރުމާއި ޤާބިލްކަން ލިބޭނެ ދައުރަކަށް: ޗީފް އޮފް ޑިފެންސް
21 އޭޕްރީލު 2025
|
ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒުގެ މި ދައުރު ވެގެންދާނީ މިހާތަނަށް ދިވެހި އަސްކަރިއްޔާ ނުދެކޭހާ ކުރިއެރުމާއި ޤާބިލްކަން ލިބޭނެ ދައުރަކަށް ކަމަށް ޗީފް އޮފް ޑިފެންސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެ އެވެ.
ޗީފް އޮފް ޑިފެންސް މިހެން ވިދާޅުވީ ސިފައިންގެ 133 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޙިލްމީ ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިޢްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ކުރީކޮޅު އަސްކަރިއްޔާއަށް ހޯއްދަވައި ދެއްވާފައިވާ ތަރައްޤީ ކަމުގައި ޗީފް އޮފް ޑިފެންސް ފާހަގަ ކުރެއްވި އެވެ.
އެގޮތުން ދިވެހި އަސްކަރިއްޔާ ގައި ވައިގެ ބާރު އުފެއްދެވީ ރައީސް މުއިޢްޒުގެ ޒަޢާމަތުގައި ކަން ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އަސްކަރިއްޔާގެ އެއްގަމުގެ ބާރާއި ކަނޑުގެ ބާރުގަދަ ކުރެއްވުމަށް ވެސް އެމަނިކުފާނު ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ ރައީސް މުއިޢްޒުގެ މި ދައުރު ވެގެންދާނީ މިވީހާ ތަނަށް އަސްކަރިއްޔާ ނުދެކޭހާ ކުރިއެރުމާއި ޤާބިލްކަން ފެންނަނާނެ ދައުރަކަށް ކަަމަށެވެ.
"މި ރިޔާސީ ދައުރުވެގެންދާނީ މި އަސްކަރިއްޔާ ތަރައްޤީގެ އެތައް ގުނަ އިތުރުވެގެންދާނެ ދައުރަކަށް. އެމަނިކުފާނަކީ މި ޤައުމުދެކެ ލޯބިވާ އަޅުގަނޑުމެން ފަޚުރުވެރިވާ ލީޑަރެއް,"
އެމަނިކުފާނު ވަނީ ދިވެހި ސިފައިން އުފެދުނު ފަހުން މިހާތަނަށް ދިވެހިރާއްޖެއާ ތޮޅެން އައި ކޮންމެ ބަޔަކާ ފިސާރި ހިތްވަރާއެކު ސިފައިން ކުރިމަތިލާފައިވާކަން ފާހަގަ ކުރައްވާފަ އެވެ. އަދި އެފަދަ ކިތަންމެ ތާރީޚު ވެސް ވިދާޅުވެ ދެއްވި އެވެ.