ENGLISH
21 އޭޕްރީލު 2025
ކެފޭއެއްގެ ތެރޭ މާރާމާރީ ހިންގާ ޒުވާނަކު ޒަޚަމުކޮށްލައިފި
21 އޭޕްރީލު 2025
|
މައްސަލައެއްގައި މީހަކު ހައްޔަރު ކުރަނީ -- ފައިލް ފޮޓޯ
މާލެ ސިޓީގައި ކެފޭއެއްތެރޭ މާރާމާރީ ހިންގާ ޒުވާނަކު ޒަޚަމުކޮށްލައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މާރާމާރީ ހިންގާފައި ވަނީ މާފަންނު ގައި ހުރި ކެފޭއެއްގެ ތެރޭގައި ކަމަށެވެ. މާރާމާރީ ގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު ވަނީ ޒަޚަމު ކޮށްލާފަ އެވެ.
އެ ޙާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު 3:28 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާރާމާރީގައި އަނިޔާވީ އުމުުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާއަށް އައިޖީއެމްއެޗް ގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ބުނި ގޮތުގައި މާރާމާރީގެ މި މައްސަލަ މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.