ENGLISH

21 އޭޕްރީލު 2025

Advertisement

އިނގުރައިދޫގައި އަންހެނުންނަށްވުރެ ބުޅަލުގެ "ބާރު" ގަދަވެއްޖެ: ޑަބްލިޔުޑީސީ ރައީސާ

21 އޭޕްރީލު 2025

|

އަހުމަދު ސައީދު

ރ. އިނގުރައިދޫ ކަނބަލުންނަށް ބޮޑުވެފައިވާ ބުޅަލާއި ކާޅާއި ވާލުގެ މައްސަލަ އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ހިއްސާކުރަނީ: މި ބައްދަލުވުމުގައި 80 ކަނބަލުން ބައިވެރިވި-- ފޮޓޯ/ އިނގުރައިދޫ ޑަބްލިޔުޑީސީ

ރ. އިނދުރައިދޫ ގައި އަންހެނުންނަށްވުރެ، ގޭގެ އާއި ބަދިގެ ތެރެއަށް ވެސް ބުޅަލުގެ "ބާރު" ގަދަވެ، ބުޅާތައް ރަށުން ބޭރުކުރުމުގެ މަސައްކަތް އެރަށުގެ އަންހެނުންްގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ފަށައިފި އެވެ. 

އިނގުރައިދޫ އަންހެނުންްގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ފަރީޝާ މުޙައްމަދު އެމްއެމްޓީވި އަށް ވިދާޅުވީ "ރަށުގައި އެންހެނުންނަށްވުރެ ބުޅަލުގެ ބާރު ގަދަ" ކަމަށެވެ.

"ރޭގަނޑު ދޮރު ލައްޕާފައި ބެހެއްޓިއަސް ފަތިހު ދޮރު ހުޅުވާލާއިރަށް ދެތިން ބުޅާ ގޭތެރެއިން އެބަ ނުކުމޭ. ވަންނަ ނުވަންނަ މަގެއް ނޭނގޭ. ބަދިގޭގައި އެއްޗެހީގެ މަތި ޖަހާފައި ހުއްޓަސް ސަލާމަތެއް ނޯވޭ. ހަނދާން ނެތިގެން ވެސް ބަދިގެ ދޮރު ނުލެއްޕި ހުރިއްޔާ އެނިމުނީ،" ރަށުގެ އަންހެނުންނަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު ކަނބޮޑުވުން ހިއްސާކުރައްވަމުން ފަރީޝާ ވިދާޅުވިއެވެ. 

އޭނާ ވިދާޅުވި ގޮތުގައި ރޯދައިގެ ފަހުން އަންހެންވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި 80 ވަރަކަށް ކަނބަލުން ބައިވެރިވި އެވެ. އެ ބައްދަލުވުމުގައި އެންމެ ބޮޑު ކަނބޮޑުވުމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ބުޅާލާއި ކާޅާއި ވާލުގެ އުނދަގޫ ބޮޑުވެފައިވާ މައްސަލަ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބުޅަލުގެ އުނދަގޫ ބޮޑުވާން ދިމާވީ މީހުން އޮޅުކޮށްގެން ގެންގުޅޭ ބުޅާ ރަށުތެރެއަށް ދޫކޮށްލާތީ ކަމަށެވެ. 

"މަދު ބަޔަކުނޫން މި މައްސަލަ ހުށަހެޅީ. 80 މީހުން ބައިވެރިވި ބައްދަލުވުމެއްގައި ހުށަހެޅީމަ ރަށުން ބުޅާ ބޭރުކުރެވޭނެ ގޮތެއް ހޯދަން އިއުލާނުކުރީ. ކާޅާއި ވާލުގެ މައްސަލަ ހައްލުކޮށްދިނުމަށް އެމްއެމްޑީއެފް އަށް ވެސް ވަނީ ސިޓީ ފޮނުވާފައި،" ފަރީޝާ ވިދާޅުވި އެވެ. 

ދެހާހެއްހާ މީހުން ދިރިއުޅޭ ބިންބޮޑު އިނގުރައިދޫ އިން 300 ބުޅާ ހިފައިދޭނެ އަގެއް ހޯދުމަށް އިނގުރައިދޫ އަންހެނުންްގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމެޓީން އިއްޔެ ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިއުލާނުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައިވަނީ ބުޅާ ހިފައި، ބުޅަލަށް އެންމެ ރައްކާތެރިވާނެ ގޮތަކަށް ފަޅުރަށަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު