ENGLISH

21 އޭޕްރީލު 2025

Advertisement

ކުށްމަދު ރަށަކަށް އޭދަފުށި ހެދުމުގެ މަަސައްކަތް، ރޭގަނޑު ބޭރުގައި އުޅޭ ކުދީންގެ މައުލޫމާތު ނަގަނީ

21 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ބ. އޭދަފުށި

ބ. އޭދަފުއްޓަކީ ކުށްމަދު މުޖްތަމަޢުއަކަށް ހެދުމުގެ ގޮތުން ރޭގަނޑު ބޭރުގައި އުޅޭ ކުދީންގެ މައުލޫމާތު އެއްކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އޭދަފުށީ ފުލުހުން ބުނީ ރޭގަނޑު ދިހައެއްގެ ފަހުން ބެލެނިވެރިޔަކާއި ނުލައި ގެއިންބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު ހޯދާނެ ކަމަށެވެ. ބޭނުމަކީ ކުށް މަދު މުޖްތަމަޢުއަކަށް އެރަށް ހެދުމެވެ.

ފުލުހުން ބުނި ގޮތުގައި އެ މައުލޫމާތުތައް އެއްކޮށް ކުށްތަކަށް އަރައިގަންނަ ކުދިން އަލުން މުޖުތަމައަށް ނެރުމަށް ރަށުގެ އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރާނެ އެވެ.

ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުން

އޭދަފުށީ ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ވެސް އޭދަފުށީ ޕޮލިސް ސްޓޭޝަނުން ވަނީ ފަށާފަ އެވެ.

މި ކެމެރާތަކަކީ އޭދަފުށީ ކައުންސިލުގެ ފަރާތުން އޭދަފުށީ ޕޮލިހަށް ހަދިޔާކުރި ކެމެރާތަކެކެވެ.

ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތު ދަށުން ކުރިއަށް ގެންދާ މި މަސައްކަތަކީ ފުލުހުންނާއި ކައުންސިލު ގުޅިގެން ރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތެކެވެ.

އިއްޔެ ފެށި މި މަސައްކަތުގެ ދަށުން، ބަނދަރު ސަރަހައްދުގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު