ENGLISH
21 އޭޕްރީލު 2025
މާލެ ސަރަޙައްދުގައި ލޭބަރ ފޯސް ސާރވޭ ފަށައިފި
21 އޭޕްރީލު 2025
|
މާލޭގައި ބޯހިމެނުން ކުރިއަށް ގެންދަަނީ: ލޭބަރ ފޯސް ސާރވޭގެ މަަސައްކަތް ވަނީ ފަށާފައި -- ފައިލް ފޮޓޯ
މާލެ ސަރަޙައްދުގައި -- މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ލޭބަރ ފޯސް ސާރވޭގެ ފަށައިފި އެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އިން ބުނީ އިއްޔެ ފެށި ސާވޭ މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. މި ސާވޭ ގައި ފިނޭންސްގެ ޓީމުތައް ދާނީ ރެންޑަމްކޮށް ހޮވާލެވޭ ގޭބީސީތަކަކަށެވެ.
މި ސާވޭގައި މައިގަނޑު ގޮތެއްގައި ނަގާނެ މައުލޫމާތުތަކަކީ ތަޢުލީމާއި ޙިޖުރަކުރުމާއި ވަޒީފާއާ އާމްދަނީ ހޯދުމުގެ މަސައްކަތް ކުރާ އާބާދީގެ ތަފްސީލެވެ.
މީގެ އިތުރުން މީހުންގެ ޢާންމު މަޢުލޫމަތާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ އާބާދީގެ ތަފްސީލާއި ގޭތެރޭގެ މަސަްކަތުގައި ވަގުތު ހޭދަކުރާ މިންވަރުގެ މަޢުލޫމާތު ވެސް ހޯދާނެ އެވެ.
އަދި ޢާމްދަނީ ލިބޭ މަސައްކަތް ކުރާ ޢާބާދީއާ އެފަދަ މަސައްކަތެއް ލިބިފައިނުވާ އާބާދީގެ ތަފްސީލް ވެސް މި ސާވޭގެ ތެރެއިން ހޯދާނެ އެވެ.
ފިނޭންސް އެންޑް ޕްލޭން މިނިސްޓްރީން ވަނީ މި ސާވޭގެ މަޤްސަދުތައް ވެސް ހާމަކޮށްފަ އެވެ. މިފަދަ ސާވޭއެއް ކުރިއަށް ގެންދިއުމުގެ އެންމެ މައިގަނޑު ބޭނުންތަކަކީ އިޤްތިޞާދީ ގޮތުން ހަރަކާތްތެރިވާ ޢާބާދީ ދެނެގަތުމާއި ލޭބާ ފޯސް ޕާޓިސިޕޭޝަން ރޭޓް ދެނެގަތުމާއި އަލަށް ވަޒީފާ އުފެދޭވަރު ދެނެގަތުމެވެ.
މީގެ އިތުރުން އެމްޕްޕޮއިމަންޓް އަދި އަންއެމްޕްލޮއިމަންޓް ރޭޓް ދެނެގަތުމާއި ޙިޖުރަކުރުމުގެ ރޭޓް ހޯދުމާއި އާބާދީގެ ޕްރޮޖެކްޝަންސްތައް އަދާހަމަކުރުމަށް ބޭނުންވޭ ޑޭޓާ ހޯދުމާއި "ޑީސެންޓް ޖޮބްސް" އިންޑިކޭޓާ އެކުލަވާލުމަށް ބޭނުންވާ ޑޭޓާާ ހޯދުން ވެސް ހިމެނެ އެވެ.
އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުވާ މިންވަރު ދެނެގަތުމަކީ ވެސް މި ސާވޭގެ މުހިންމު މަޤްސަދެއް ކަމުގައި މިނިސްޓްރީން ބުންޏެވެ.