ENGLISH
21 އޭޕްރީލު 2025
ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަށް ހުށަހަޅާ މައްސަލަތަކުގެ އަޕްޑޭޓް ފޯނަށް ފޮނުވަން ފަށައިފި
21 އޭޕްރީލު 2025
|
އާންމު ފަރާތަކުން ހުށަހެޅި ޝަކުވާއެއް ބަލައިގަނެފައިވާކަން އެންގުމުގެ ގޮތުން ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ފޮނުވި މެސެޖެއް-- ފޮޓޯ ޢާއިލާ އާ ބެހޭ ވުޒާރާ
ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އަށް އާންމު ފަރާތްތަކުން ހުށަހަޅާ މައްސަލަތަކާއި ގުޅޭ އަޕްޑޭޓް މައްސަލަ ހުށަހަޅާ ފަރާތުގެ ފޯނަށް ފޮނުވަން ފަށާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފި އެވެ.
ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން މިއަދު ބުނީ އެ ވުޒާރާއަށް ލިބޭ އެންމެ ބޮޑު އެއްޝަކުވާ އަކީ އަމިއްލަ ފަރާތްތަކުން ހުށަހަޅާ މައްސަލަތައް ހުށަހެޅިކަން އެފަރާތަށް އެނގޭނެ ގޮތެއް ނެތުމާއި އެ ކަމާގުޅޭ ގޮތުން އަދާހަމަ މައުލޫމާތު ލިބުމުގައި ލަސްތަކެއްވާކަމެވެ.
"މި ވުޒާރާއިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އަމިއްލަ ފަރާތްތަކުން މި ވުޒާރާއަށް ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ، ހުށަހަޅާ ލިޔެކިޔުމުގައި ބަޔާންކޮށްފައިވާ ފޯނު ނަންބަރަށް އެސް.އެމް.އެސްގެ ޒަރީއާއިން އިން ލިބޭނެ ނިޒާމެއް މިހާރު ވަނީ ތައާރަފުކުރެވިފައި،" އެ ވުޒާރާއިން ބުންޏެވެ.
ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ބުނީ އެ ވުޒާރާއިން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤުސަދުގައި، ހިދުމަތް ހޯދާފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކެއްގެ ހިޔާލު ހޯދައި، ލިބުނު ހިދުމަތުގެ ފެންވަރާއި، އިތުރަށް ރަނގަޅުކުރެވިދާނެ ކަންތައްތަކާ ގުޅޭ މައުލޫމާތު ވަނީ އެއްކުރެވިފައިވާކަމަށެވެ. އެ ވިޒާރާއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންނާއި ގާތުން، ލުއިފަސޭހަ ވާނެހެން، އޯގާތެރިކަމާއި، ހިތްހެޔޮކަމާއެކު ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެއެވެ.