ENGLISH

21 އޭޕްރީލު 2025

Advertisement

ވަކާލާތު މިކުރަނީ ޕްރެފަރަންޝަލް ވޯޓިން ނިޒާމަކަށް: ރައީސް

20 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ ރަށެއްގައި

ވަކާލާތު ކުރަނީ ޕްރެފަރަންޝަލް ވޯޓިން ނިޒާމަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މީސްމީޑިއާގެ ޕްލެޓްފޯމް "ވަޓްސްއެޕް" ގެ ރަސްމީ ޗެނަލެއް އުފައްދަވައި މިރޭ ލިޔުއްވި ޕޯސްޓެއްގަ އެވެ.

އެ ޗެނަލްގައި ރައީސް ލިޔުއްވާފައިވާ ގޮތުގައި އެމަނިކުފާނު ވަކާލާތުކުރަމުން އަންނަ ވޯޓިން ނިޒާމަކީ ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލުމާ ގުޅޭގޮތުން އާއްމުންގެ ހިޔާލުހުރި ގޮތް ބެލުމަށް، ރައްޔިތުންގެ ވޯޓެއް ބޭއްވުމަށް ނިންމަވާފައިވާކަން ރައީސް މުއިއްޒު ވަނީ މިދިޔަ ޖުމްހޫރީ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ހާމަކުރައްވާފަ އެވެ. ރައީސް އެދުވަހު ވިދާޅުވި ގޮތުގައި މިކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ވެސް ދަނީ އެކަމުގެ ދިރާސާތައް ކުރަމުންނެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލުމުގެ ވާހަކަ އަނެއްކާވެސް ވަނީ ސޯޝަލް މީޑިއާގައި ގަދަވެފައެވެ. ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ދެވަނަ ބުރު އުވާލުމަށް "ޕްރެފެރެންޝަލް ވޯޓިން" ހޭޝްޓެގަކާއެކު ސޯޝަލް މީޑިއާގައި ކެމްޕޭނެއް ކުރައްވަމުން ނެވެ.

ޕްރިފަރެންޝަލް ވޯޓިން ނިޒާމަކަށް ދާން ތާއީދުކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި، އެ ބަދަލާ އެކު ރިޔާސީ އިންތިހާބުގެ ދެ ބުރަށް މިލިއަނުން ކުރާ ހަރަދުތައް ސަލާމަތްވެ، މެޖޯރިޓީ ތާއީދު އޮތީ ކޮން ކެންޑިޑޭޓަކަށްކަން އެނގިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު