ENGLISH

21 އޭޕްރީލު 2025

Advertisement

ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ޗައިލްޑް-ކެއާ ސްޕޭސްއެއް

20 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގައި ޗައިލްޑް-ކެއާ ސްޕޭސް އެއް ހުޅުވުން -- ފޮޓޯ: އާއިލީ ވުޒާރާ

ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ އޮފީހުގައި ޗައިލްޑް-ކެއާ ސްޕޭސްއެއް ހުޅުވައިފި އެވެ.

އެ ވުޒާރާ އިން ބުނީ އޮފީސްތަކުގައި ނުވަތަ މަސައްކަތްކުރާ ތަންތަނުގައި ކުޑަކުދިން ބަލަހައްޓާ 'ޗައިލްޑް ކެއާ ސްޕޭސް' އެއް ހުރުމަކީ މަސައްކަތްކުރާ މައިންބަފައިންނަށް، ވަކިން ޚާއްސަކޮށް އަންހެން މުވައްޒަފުންނަށް އެހީތެރިވެ، އެމީހުންގެ މަސައްކަތު މާޙައުލާއި ޢާއިލީ ދިރިއުޅުމުގެ ވަޒަން ހަމަޖެއްސުމުގައި އަދި ޖުމްލަކޮށް އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.

މިކަމުގެ ސަބަބުން މުވައްޒަފުންނަށް އެމީހުންގެ ދަރިން އެމީހުންގެ ކައިރީގައި، ރައްކާތެރި އަތްތަކެއްގެ ބެލުމުގެ ދަށުގައި ތިބިކަން އެނގި، އެމީހުންގެ ވިސްނުން މަސައްކަތަށް އަމާޒު ހިފެހެއްޓުމަށް ފަސޭހަވާނެ ކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން މުވައްޒަފުންގެ އުފެއްދުންތެރިކަން ދެމެހެއްޓުމަށް އެތައް ގޮތަކުން މަގުފަހިވެގެންދާ ކަން އެ ވުޒާރާ އިން ފާހަގަ ކޮށްފައިވެ އެވެ.

މިއީ މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވުމާއެކު، އެމީހުންގެ އުފެއްދުންތެރިކަން ތަރައްޤީވުމުގެ އިތުރުން، ޤަވާއިދުން މަސައްކަތަށް ނިކުތުމަށް ބާރުއަޅާ، މަސައްކަތުގެ މާޙައުލާއި މެދު ޝައުގުވެރިކަމާއި ގާތްކަން އުފައްދައިދޭ ކަމެއް ކަމަށް ވެސް ބުންޏެވެ.

މިފަދަ ޖާގަތައް ޤާއިމްކޮށް އޮފީސް މާހައުލުގައި ކުދިން ބެލެހެއްޓޭނެ އިންތިޒާމުތައް ފަހިވެގެން ދިއުމަކީ، ވަޒީފާ އަދާކުރުމުގެ ހިތްހަމަޖެހުން އެތައް ގުނައަކަށް އިތުރުވެ ވަޒީފާދޭ ފަރާތްތަކަށް ވެސް އެންމެ ރަނގަޅު މުވައްޒަފުން ހޯދުމާއި ދެމެހެއްޓުމަށް ބޭނުންކުރެވޭ ވަރުގަދަ ވަސީލަތެއްގެ އިތުރުން ޢާއިލާއަށް ރައްޓެހި މާޙައުލެއް އޮފީހުގައި އާލާވެގެންދާ ކަމެއް ކަމަށް ވެސް ޢިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ފާހަގަކޮށްފައިވެ އެވެ.

=

ކިޔުންތެރިންގެ ހިޔާލު