ENGLISH

21 އޭޕްރީލު 2025

Advertisement

މޫދުވިނަ އާލާކުރުމުގެ މަޝްރޫއު އިފްތިތާޙު ކޮށްފި

20 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

މޫދުވިނަ އާލާކުރުމުގެ މަޝްރޫއު އިފްތިތާޙު ކުރުން -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މޫދުވިނަ އާލާކުރުމުގެ މަޝްރޫއު އިފްތިތާޙު ކޮށްފި އެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗަރ ސިނާޢަތަކީ ދިވެހިންނަށް އިޤްތިޞާދީ ނަފާލިބޭ ސިނާޢަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފެށުނު މަޝްރޫއު އެވެ.

އެގޮތުން މިއަދު ވަނީ ރާއްޖޭގައި ވިޔަފާރި އުސޫލުން މޫދުވިނަ އާލާކުރުމަށް ފުރަތަމަ ފަހަރަށް މަޝްރޫޢުއެއް އިފްތިތާޙު ކޮށްފަ އެވެ.

މިއީ އަމިއްލަ ވިޔަފާރިއެއް ކަމަށްވާ ފްލޯޓިންގް އޭކަރސް އިން ކުރިޔަށްގެންދާ މަޝްރޫޢު އެކެވެ. މިއަދު ބ. ފެހެންދޫގައި މި މަޝްރޫއު, ވަޒީރު އަހުމަދު ޝިޔާމް ވަނީ ރަސްމީކޮށް އިފްތިތާހުކޮށް ދެއްވާފަ އެެވެ.

މި މަޝްރޫޢުގެ ސަބަބުން މެރިކަލްޗަރ ދާއިރާގައި އިތުރު މަޝްރޫޢުތައް ތަރައްޤީކު ރުމަށް މަގުފަހިވެގެންދާނެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ރަށުގައި ތިބެގެން ޒުވާނުންނާއި ކަނބަލުންނަށް އައު ވަޒީފާގެ ފުރުޞަތުތައް ހުޅުވި، ޤައުމުގެ އެކްސްޕޯޓް އާމްދަނީ އިތުރުވެ، ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފުވެ، ދިވެހިންނަށް އައު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެ އެވެ. އަދި މިއީ ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެ އެވެ.

މީގެ ކުރިން އެފްއޭއޯ އިން ވަނީ މި ބާވަތުގެ މޫދުވިނަ ރާއްޖޭގައި އާލާކުރެވިދާނެތޯ ބެލުމަށް އަޖުމަ ބެލުމުގެ މަޝްރޫޢެއް ހިންގާފަ އެވެ. އެ މަޝްރޫޢު ނިމުމުން ޝާއިޢުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވަނީ މިއީ ކާމިޔާބުކަމާއެކު އާލާކުރެވިދާނެ ބާވަތެއްކަމެވެ.

މިހާރުވެސް ބައެއް ޤައުމުތަކުގެ ކުންފުނިތަކުން ވަނީ މޫދުވިނަ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު