ENGLISH

21 އޭޕްރީލު 2025

Advertisement

ރޯދަމަހު ތަކެތީގެ އަގުތައް އެއްހަމައެއްގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށް ގެންދިޔަ ޕްރަގްރާމް، މިނިސްޓަރުގެ ޝުކުރު

20 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ރޯދަމަހު ތަކެތީގެ އަގުތައް އެއްހަމައެއްގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށް ގެންދިޔަ ޕްރަގްރާމްގެ ބައިވެރީންނާއި މިނިސްޓަރު ސައީދު ބައްދަލު ކުރެއްވުން -- ފޮޓޯ: މިނިސްޓްރީ

މިދިޔަ ރަމަޟާން މަހު ބާޒާރުގައި އަސާސީ ބާވަތްތަކުގެ މުދާ ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ތަކެތީގެ އަގުތައް އެއް ހަމައެއްގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސާ އެކަން ޔަގީން ކުރުމަށް ކުރިއަށް ގެންދިޔަ ޕްރަގްރާމްގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ޝުކުރު އަދާ ކުރައްވައިފި އެވެ.

ކޮންމެ ރޯދަ މަހަކު ވެސް ތަކެތީގެ އަގު ބޮޑުވާ މައްސަލަ އަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި ރޯދަ މަހާއި ދިމާކޮށް އަސާސީ ބާވަތްތައް ނުލިބުމަކީ ވެސް އާންމުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ.

އެ މައްސަލަ ހައްލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ ރޯދަ މަހު ވެސް ޚާއްސަ މަސައްކަތްތަކެއް ކޮށްފަ އެވެ. އެ މަސައްކަތް ކޮށްފައި ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ ގުޅިގެންނެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދެވި ޕްރަގްރާމެކެވެ. މިނިސްޓަރު ސައީދު މިއަދު ވަނީ އެ ޕްރަގްރާމްގައި އިސްކޮށް އުޅުއްވި ބޭފުޅުންނާއި ބައްދަލު ކުރައްވާފަ އެވެ.

އަދި މި ރޯދަ މަހު ބާޒާރުގައި އަސާސީ ބާވަތްތަކުގެ މުދާ ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި ތަކެތީގެ އަގުތައް އެއް ހަމައެއްގައި ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސާ އެކަން ޔަގީން ކުރުމަށް ކުރި މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައިވެ އެވެ.

"މިކަމުގައި ބިޒްނަސް ކައުންސިލާއި ވިޔަފާރިވެރީން ފޯރުކޮއްދެއްވި އެހީތެރިކަމަކީ އެފަރާތްތަކަށް ޝުކުރު ޙައްގު މުޙިއްމު މަސައްކަތެއް. މާތް اللهގެވާގިފުޅާއިއެކު މިމަސައްކަތް ކާމިޔާބު ކަމާއިއެކު ވަނީ ކުރިއަށް ގެންދެވިފައި," މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

މި އަހަރު ރޯދަގައި ވެސް, އަސާސީ ބާވަތްތައް ކަމަށްވާ ފިޔާ އާއި އަލުވި އަދި ބިހާއި ތެލާއި ލޮނާއި އިނގިރާއި ލޮނުމެދު އަދި ލިބޯއާ ކާށިފަދަ ބާވަތްތަކުގެ އަގު ވަރަށް މައްޗަށް އުފުލުނެވެ. އެކަމަށް ވަގުތުން ފިޔަވަޅު އަޅާ އެސްޓީއޯ އިން ވަނީ އެ ބާވަތްތައް ރާއްޖެ އެތެރެކޮށް އަގު ކޮންޓްރޯލް ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު