ENGLISH

10 މޭ 2025

Advertisement

ޕްރިފަރެންޝަލް ވޯޓިންގް؛ މީ ކޯޗެއް؟

20 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ރާއްޖޭގެ އިންތިހާބެއްގެ ވޯޓުލުމުގެ ތެރެއިން، ފޮޓޯ: އޭދަފުށީ ޓައިމްސް

ޕްރިފަރެންޝަލް ވޯޓިން، ރޭންކްޑް ޗޮއިސް ވޯޓިން ނުވަތަ އިންސްޓަންޓް ރަންއޮފް ވޯޓިން ނިޒާމަކީ، އެންމެ ކެންޑިޑޭޓެށް ހޮވުމުގެ ބަދަލުގައި އިސްކަންދޭ ތަރުތީބުން ވޯޓުލާ މީހުންނަށް ރޭންކް ކުރެވޭ ނިޒާމެކެވެ.

މި ނިޒާމުގެ މަގުސަދަކީ ފުޅާ އިއްތިފާގެއް ދައްކުވައިދީ، ވޯޓު ބަހާލުމުގެ އަސަރު ކުޑަކުރުމެވެ.

ޕްރިފަރެންޝަލް ވޯޓުލުން ހިނގާ ގޮތް

ޕްރިފަރެންޝަލް ވޯޓުލުމުގެ ނިޒާމެއްގައި ވޯޓުލާ މީހުން ކެންޑިޑޭޓުން ރޭންކް ކުރާނީ — 1 ވަނަ، 2 ވަނަ، 3 ވަނަ، އަދި މިހެންގޮހެވެ. ވޯޓު ގުނާއިރު ބަލާނީ މި ކަންކަމަށެވެ.

ކެންޑިޑޭޓަކަށް ފުރަތަމަ ޗޮއިސް ވޯޓުގެ %50 އަށްވުރެ ގިނަ ވޯޓު ލިބިއްޖެނަމަ އެ ކެންޑިޑޭޓަކު އިލެކްޝަން ކާމިޔާބު ކޮށްފިކަމަށް ކަނޑައެޅެއެވެ. މިޔާ ޙިލާފަށް ފުރަތަމަ ޗޮއިސް ވޯޓު އެންމެ މަދުން ލިބޭ ކެންޑިޑޭޓުން އުނިކުރެ އެވެ.

މި ޕްރޮސެސް ކުރިއަށް ގެންދާނީ ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ލިބެންދެން ބުރުތަކެއްގެ ގޮތުގައެވެ. މިކަމުގެ ސަބަބުން ކާމިޔާބު ހޯދާ ކެންޑިޑޭޓަށް ފުޅާ ތާއީދެއް ލިބޭނެކަން ކަށަވަރުކުރެވޭނެއެވެ.

ޕްރިފަރެންޝަލް ވޯޓުލުމުގެ ފައިދާ

ވޯޓުލާ މީހުންނަށް ވޯޓު ބޭކާރު ކުރެވުނުކަމުގެ އިހުސާސްނުކުރެވި އެމީހުންގެ އެންމެ ކުޑަކޮށް އިސްކަންދޭ ކެންޑިޑޭޓްވެސް ކާމިޔާބު ކުރުމަށް އެހީތެރިވެވޭނެއެވެ. މީގެއިތުރުން، އިލެކްޝަނުގެ ދެވަނަ ނުވަތަ ތިންވަނަ ބުރަކަށް ނުގޮސް ޚަރަދުވުރެވި، ނެގެޓިވް ކެމްޕޭން އަދި ވޯޓުވިއްކުންވެސް މަދުވާނެއެވެ.

ޕްރިފަރެންޝަލް ވޯޓުލުމުގެ ސަބަބުން މޮޅުވާ ފަރާތްތަކަށް މެޖޯރިޓީ އެޕްރޫވަލް ލިބުމުގެ ފުރުސަތު ބޮޑެވެ. އަދި ކުދި ޕާޓީތަކާއި މިނިވަން ފަރާތްތަކުގެ ތަމްސީލުވެސް އިތުރުކުރެވެއެވެ.

ޕްރިފަރެންޝަލް ވޯޓުލުން ބޭނުންކުރާ އެހެން ޤައުމުތަށް

ޕްރިފަރެންޝަލް ވޯޓުލުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރެއެވެ.

- އޮސްޓްރޭލިއާ: މި ނިޒާމުގެ ބާނީއަކަށްވާ އޮސްޓްރޭލިއާއިން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އިންތިޚާބަށް ޕްރިފަރެންޝަލް ވޯޓިން ބޭނުންކުރެއެވެ. މީގެއިތުރުން ސެނެޓަރް އިލެކްޝަންގައިވެސް ޕްރިފަރެންޝަލް ވޯޓިން ބޭނުންކުރެއެވެ. 

- އަޔަލޭންޑް:  ޕާލަމެންޓްރީ އަދި ލޯކަލް އިންތިހާބުތަކަށް ޕްރިފަރެންޝަލް ވޯޓިން ނުވަތަ ސިންގަލް ޓްރާންސްފަރެބަލް ވޯޓް ބޭނުންކުރެއެވެ.

- ނިއުޒީލެންޑް: ބައެއް ލޯކަލް އިންތިޚާބުތަކަށް ޕްރިފަރެންޝަލް ވޯޓިން ބޭނުންކުރެއެވެ.

- ކެނެޑާ: ބައެއް ސިޔާސީ ޕާޓީތަކާއި ލޯކަލް ގަވަރމަންޓްތަކުން ޕްރިފަރެންޝަލް ވޯޓިން ބޭނުން ކުރެއެވެ. 

- ސްރީލަންކާ: ލަންކާގައި އެ ޤައުމުގެ ރައީސް އިންތިޚާބުކުރުމުގައި އަދި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމުގައިވެސް ބޭނުންކުރަނީ ޕްރިފަރެންޝަލް ވޯޓިން ނިޒާމެކެވެ. 

ޕްރިފަރެންޝަލް ވޯޓުލުން ދަނީ އިންސާފުވެރި އިންތިޚާބީ ނިޒާމެއްގެ ގޮތުގައި މަގުބޫލުކަން ހޯދަމުންނެވެ.

ވޯޓުލާ މީހުންނަށް ކެންޑިޑޭޓުން ރޭންކް ކުރުމުގެ ފުރުސަތު ދިނުމުން، ސްޓްރެޓެޖިކް ވޯޓުލުން މަދުވެ، އިންތިޚާބުވެފައިވާ އޮފިޝަލުންނަށް ފުޅާ ދާއިރާއެއްގައި ތާއީދު އޮވެއެވެ.

ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ޑިމޮކްރަސީ ހަރުދަނާކޮށް، ވޯޓުލާ މީހުންގެ އިޚްތިޔާރު އިތުރުކުރުމަށް އުއްމީދީ ނިޒާމެކެވެ. 

ކިޔުންތެރިންގެ ހިޔާލު