ENGLISH

21 އޭޕްރީލު 2025

Advertisement

ރައީސް، ވަޓްސްއެޕް ޗެނަލެއް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރައްވަން ފައްޓަވައިފި

20 އޭޕްރީލު 2025

|

ޢަލީ ޝަހީމް

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގެ ޕްލެޓްފޯމް "ވަޓްސްއެޕް" ގެ ރަސްމީ ޗެނަލެއް އުފައްދަވައި އާއްމުންނަށް މަޢުލޫމާތު ހިއްސާކުރައްވަން ފައްޓަވައިފި އެވެ. 

މީސްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވަނީ ވަޓްސްއެޕް ޗެނަލާ ގުޅުމަށް ދައުވަތު ދެއްވައިފަ އެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަޓްސްއަޕް ޗެނަލް މެދުވެރިކޮށް ދުވަހުގެ އަދާހަމައިގެ އިތުރުން މުހިއްމު މައުލޫމާތާއި މެސެޖު ފޯރުކޮށްދެއްވާނެ ކަމަށެވެ. 

ވަޓްސްއަޕް ޗެނަލް މެދުވެރިކޮށް ރައްޔިތުންނާއި ވީހާވެސް ގާތުން މައުލޫމާތު ހިއްސާ ކުރައްވަން ފެއްޓެވިއިރު ރައީސް ގެންދަވަނީ އެހެނިހެން ޕްލެޓްފޯމްތައް މެދުވެރިކޮށްވެސް ރައްޔިތުންނާ ގާތުން މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ.

އެގޮތުން ކޮންމެ ބުރާސްފަތި ދުވަހަކު "ރައްޔިތުންނާ އެކު" ނަމުގައި ގެނެސްދޭ ޕޮޑްކާސްޓް މެދުވެރިކޮށް ގިނަ މައުލޫމާތުތަކެއް ހިއްސާކުރައްވައެވެ. އަދި، "ރައީސްގެ ޖަވާބު" ނަމުގައި އާއްމުންގެ ސުވާލުތަކަށް ރައީސް ގެންދަވަނީ ޖަވާބުދެއްވަމުންނެވެ. 

ރައްޔިތުންނާ އެކު ނަމުގައި ކުރިއަށްގެންދެވި ޕޮޑްކާސްޓުގެ ހަތަރު ވަނަ ޕްރޮގްރާމްގައި، އޭޕްރީލް 17 ވަނަ ދުވަހު ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މަޢުލޫމާތު ހިއްސާކުރެއްވުމަކީ ޚާއްޞަ އިސްކަމެއް ދެއްވާކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު