ENGLISH

20 އޭޕްރީލު 2025

Advertisement

އޯ ލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނަށް ކާމިޔާބަށް ރައީސް އެދިވަޑައިގެންފި

20 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

އޯ ލެވެލް އިމްތިހާނުގައި މަތީ ވަނަ ހާސިލުކުރި ދަރިވަރަކަށް ރައީސް އިނާމު ދެއްވަނީ، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މި އަހަރު އެސްއެސްސީ އޯލެވެލް އިމްތިހާނުގައި ރާއްޖެއިން ބައިވެރިވާ 8،364 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކާމިޔާބަށް އެދިވަޑައިގެންފިއެވެ. 

އޯ ލެވެލް އިމްތިޙާނު ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސްވަނީ އެ އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުން ކުރި ބުރަ މަސައްކަތުގައި ބަރަކާތް ލެއްވުން އެދި ދުއާކުރައްވާފައެވެ. 

އޭގެ އިތުރަށް އިމްތިހާނުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށްވެސް އިމްތިހާނުގެ ދުވަސްވަރަކީ ހިތްހަމަޖެހޭ ފާގަތި ދުވަސްތަކެއްކަމަށް ވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެ، ތޫނުފިލިކަމާއެކު ފަސޭހައިން ސުވާލުތަކަށް ހުރިހާ ދަރިވަރުންނަށް ޖަވާބުދެވުމަަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތްކަން ރައީސް ފާހަގަކުރެއްވިއެވެ. 

އަދި އެމަނިކުފާނުވަނީ ބެލެނިވެރިންނާއި ސުކޫލުތަކުން އުންމީދުކުރާ ފަދަ ރަނގަޅު ނަތީޖާއެއް ދަރިވަރުންނަށް ހާސިލުވުމަށް އެދިވަޑައިގަންނަވާކަމަށްވެސް ވިދާޅުވެފައެވެ. 

އިތުރަށް ރައީސް ވިދާޅުވީ އެ އިމްތިހާނުގައި ބައިވެރިވާ ކޮންމެ ދަރިވަރަކީވެސް އެ އިމްތިހާނުގައި ކާމިޔާބު ހޯދާ، ދިވެހިރާއްޖެ އެ ދަަރިވަރަކާމެދު ފަހުރުވެރިވާނެ ފަދަ ހިދުމަތްތެރި ދަރިއަކަށް މާތްﷲގެ އިރާދަފުޅުން ވާނެ ކަމުގައެވެ. 

ފާއިތުވި އަހަރުތަކުގައި އޯލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުން ފާސްވާ ނިސްބަތް ދަށްވަމުން އަންނާތީ އެކަން ހައްލުކުރުމަށް ސަރުކާރުން އަންނަނީ މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެންމެ މުހިއްމު އެއް ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ މަސައްކަތަކީ އިބްތިދާއީ ތައުލީމު / ފަށާ ތައުލީމުގެ މަރުހަލާގެ ނަތީޖާ ރަނގަޅުކޮށް އެ މަރުހަލާގައި ދަރިވަރުންނަށް ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތެވެ. 

އަދި ސުކޫލުތަކުގެ ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ދަރިވަރުންގެ ކިޔެވުމަށް ބޮޑު އިސްކަމެއް ދިނުމާއެކު، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަަށްޓަކައި ކިޔަވައިދޭ މުދައްރިސުންގެ ފެންވަރު ރަނގަޅުކުރުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު