ENGLISH
20 އޭޕްރީލު 2025
މާޗު މަހުގެ ނިޔަލަށް އެންސްޕާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 25 މިލިއަން ރުފިޔާ ދޫކޮށްފި
20 އޭޕްރީލު 2025
|
މި އަހަރުގެ މާޗު މަހުގެ ނިޔަލަށް އެންސްޕާ މެދުވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 25 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ އެޖެންސީ އިން ބުނެފި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން ތެރަޕީ ހިދުމަތް ބޭނުންވާ ކަމަށް އެންސްޕާގައި ރެޖިސްޓްރީވެފައިވާ ކުދިންގެ އަދަދާއި އޭގެ ތެރެއިން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ކުދިންގެ އަދަދުގެ މައުލޫމާތު ހޯދުމަށް އެންސްޕާގައި އެދިލެއްވީ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިބްރާހިމް އެވެ.
މި މަހުގެ 1 ވަނަ ދުވަހު މެންބަރު މުހައްމަދު އިބްރާހިމް އެންސްޕާގެ ސީއީއޯ ހީނާ ވަލީދަށް ފޮނުއްވި ސިޓީގެ ޖަވާބުގައި އެ އިދާރާ އިން ވަނީ އެ ތަފާސް ހިސާބުތައް ހިއްސާކުރައްވައިފައެވެ. މެމްބަރު މުހައްމަދު އިބްރާހިމް އެމްއެމްޓީވީއާ ވަނީ މި ސިޓީގެ ޖަވާބު ހިއްސާކުރައްވާފައެވެ.
އެގޮތުން މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް މެދުވެރިކޮށް 675 ފަރާތަކަށް އެހީ ހަމަޖައްސާދީފައިވާކަން އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މި އަހަރުގެ މާޗު މަހުގެ ނިޔަލަށް އެ ފަރާތްތަކަށް ޖުމްލަ 25.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މި ޕްރޮގްރާމު މެދުވެރިކޮށް އެހީ ހަމަޖައްސައިދިން 18 އަހަރުން ދަށުގެ ކުދިންގެ އަދަދަކީ 652 އެވެ. އެއީ ޖުމްލަ 24.8 މިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުގައި ތިބި 30 ކުދިން ހިމެނޭ އެވެ. އެކުދިންނަށް ވަނީ 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
އެންސްޕާ އިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް މެދުވެރިކޮށް މިދިޔަ އަހަރު 1،087 މީހަކަށް ޖުމްލަ 96.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
މީގެ ތެރޭގައި:
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތެރަޕީ ނުލިބުމާއި އެފަދަ ކުދިންނަށް މާލީ، ޖިސްމާނީ އަދި ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނެޝަނަލް ސޯޝަލް ޕޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން އަންނަނީ ގިނަަ މަސައްކަަތްތަކެއް ކުރަމުންނެވެ.
އެންސްޕާއިން ފޯރުކޮށްދޭ ހިދުމަތްތަކާމެދު ހިތްހަމަނުޖެހިގެން އެފަދަ ކުދިންގެ ބެލެނިވެރިން ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ ޕެޓިޝަނުގެ މައްސަލަ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން އަންނަނީ ބަލަމުންނެވެ.