ENGLISH
09 މޭ 2025
ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު އަތުލައިގެންފި
20 އޭޕްރީލު 2025
|
ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1 ލައްކައަށްވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސްއިން އަތުލައިގެންފައިވާ ކަމަށެވެ.
ކަސްޓަމްސްއިން ބުނީ އެތަކެތި އަތުލައިގަތީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުންކަމަށެވެ. އަދި ވަގަށް އެތެރެ ކުރަނިކޮށް އަތުލައިގަތީ 130،155 ސިނގިރޭޓް ސްޓިކް ކަމަށްވެސް ކަސްޓަމްސްގެ އެކްސް ޕޯސްޓުގައިވެއެވެ.
މީގެ އިތުރުން، ދާދިފަހުންވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް މީހަކު ޑަސްބިން ކޮތަޅުތަކެއްގައި ސިނގިރޭޓް ކާޓަންތަކެއް ވަގަށް ނެރެނިކޮށް ވަނީ އަތުލައިގަނެފަ އެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގެނެވުނު އިސްލާހުގައިވާ ގޮތުން ބިޑި އަދި ސުއްޓާ ކަހަލަ ދުންފަތުގެ ބާވަތްތައް އަމިއްލައަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެ ނުކުރެވޭނެއެވެ.