ENGLISH

09 މޭ 2025

Advertisement

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސްމާލަކީ މިސްކިތްތަކުގެ އިމާމުން: ޝަހީމް

20 އޭޕްރީލު 2025

|

ޢަލީ ޝާހީން

އިސްލާމީ ޔުނިވާސިޓީން ދަސްވެނިވި އިމާމުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން --- ފޮޓޯ: އިސްލާމީ ޔުނިވާސިޓީ

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސްމާލަކީ މިސްކިތްތަކުގެ އިމާމުންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް ވިދާޅުވީ އިމާމުންނަކީ މަތީ ތައުލީމާއި ޒަމާނީ ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަކީ ވުޒާރާގެ އަޒުމެއްކަމަށެވެ.

އިސްލާމީ ޔުނިވާރސިޓީން ދަސްވެނިވި އިމާމުންނާ ބައްދަލުކުރައްވައި ވަޒީރު ވަނީ ގިނަ އަދަދެއްގެ އިމާމުން ދަސްނެވިވެފައިވާތީ އެކަމާއި އުފާ ކުރައްވާކަމަށާއި އިމާމުން ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަޒީރު ޝަހީމް ވިދާޅުވީ، ނޭންގާނީ ފިކުރުން މުޖްތަމަޢު ސަލާމަތްކުރެވޭނީ އިލްމު އުނގަންނައިދީގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު