ENGLISH

20 އޭޕްރީލު 2025

Advertisement

އިސްލާމީ ޔުނިވާރސިޓީގެ ކުރިމަގު ސަރުކާރުން ވަރަށް އިސްކަންދީގެން ބައްޓަންކުރާނަން: ރައީސް

19 އޭޕްރީލު 2025

|

ޢަލީ ޝާހީން

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

އިސްލާމީ ޔުނިވާސިޓިގެ ކުރިމަގު ސަރުކާރުން ވަރަށް އިސްކަމެއްދީގެން ހެޔޮގޮތުގައި ބައްޓާން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމެނޭހެން އައިޔޫއެމްގެ ކުރިމަގަށް، އެ މުވައްސަސާ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތައް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި އައިޔޫއެމްގެ ތަރައްޤީއަށް މިހާރު ކުރައްވަމުންދާ އެންމެ ބޮޑު މަސައްކަތަކީ، އައިޔޫއެމްއަށް އާ އިމާރާތެއް އަޅައިދިނުމުގެ މަސައްކަތްތަކަމަށާއި އެކަމަށް ބޭނުންވާ ބިންވެސް މިހާރު ހަމަޖައްސާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ސުކޫކު ވިއްކައިގެން އަޅާ އައިޔޫއެމްގެ ވަޤްފް އިމާރާތް "ސަނާބިލް" މަޝްރޫޢުއަކީވެސް މި ސިޔާސަތުގައި ހިމެނޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. މިއީވެސް ނުކުރެވި އެތައް އަހަރަކަށް ދިގުލައިގެން ގޮސްފައި އޮތް މަސައްކަތްތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އަތޮޅުތަކަށް އައިޔޫއެމްގެ ކެމްޕަސްތައް ފުޅާކުރުމަކީވެސް، ޔުނިވަރސިޓީގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް ނިންމަވާ، ކުރައްވާ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކިޔަވައިގެން ނިކުންނަ ކޮންމެ ދަރިވަރެއް ވާންވާނީ ހެޔޮކަމަށް ގޮވާލާ އަދި ނުބައި ކަންކަން ނަހީކުރާ މުޖުތަމަޢުއެއް ބިނާކުރުންކަމަށް މަސައްކަތްކުރާ މީހަކަކަށްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު