ENGLISH
20 އޭޕްރީލު 2025
ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އަރުވައިފި
19 އޭޕްރީލު 2025
|
މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އެރުވުން -- ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އަރުވައިފި އެވެ.
އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު މާފަންނު ތައިބާ، ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އެރުވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިންނެވެ.
އިސްލާމީ އިލްމު ފެތުރުއްވުމަށް އެތައް އަހަރުތަކެއް ވަންދެން ކުރައްވާފަޢިވާ އަގުހުރި މަސައްކަތްޕުޅުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އެޝަރަފު އެމަނިކުފާނަށް އެރުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން އެކި ސެޝަންތަކަށް ބަހާލައިގެން މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. މިގޮތުން 980 ދަރިވަރުން މިއަހަރު އެޔުނިވަރސިޓީންވަނީ ދަސްވެނިވެފައެވެ. މީގެތެރޭގައި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުން ފެށިގެން ޕީއެޗްޑީއާއި ހަމައަށް ތަފާތު 101 ކޯސް ފަރުމާކޮށް އެޔުނިވަރސިޓީންގެންދަވަނީ ހިންގަވަމުންނެވެ.