ENGLISH

19 އޭޕްރީލު 2025

Advertisement

މަޖީދިއްޔާއަކީ މި ޤައުމުގެ އެންމެ ޝަރަފުވެރި ޢިލްމީ ބަގީޗާ: ރައީސް

19 އޭޕްރީލު 2025

|

މުރުޝިދު އަބްދުލް ޙަކީމް

މަޖީދިއްޔާ ސްކޫލަކީ މި ޤައުމުގެ އެންމެ ޝަރަފުވެރި "އިލްމީ ބަގީޗާ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

މަޖީދިއްޔާ ސްކޫލުގެ 98 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސް ޑރ.މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މަޖީދިއްޔާގެ ފަޚުރުވެރި ހިޔަލުން މި ޤައުމަށް ގެނުވި ކުރިއެރުމާއި މަޖީދިއްޔާގެ ނޫރުން މި ޤައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.

އެމަނިކުފާނުވެސް ތައުލީމު އުނގެނިވަޑައިގެންނެވި މަޖީދީ ސްކޫލުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މި މެސެޖުގައި ސްކޫލުގެ އެހާރާއި މިހާރުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށާއި މުދައްރިސުންގެ އިތުރުން ހިންގުންތެރިންނަށް ދުވަހުގެ ހެޔޮއެދުންތައް ފޮނުއްްވާފައިވެ އެވެ.

"ދިވެހިރާއްޖޭގެ ތަޢުލީމުގެ އެންމެ ނަންހުރި ބިނާއަށް 98 އަހަރު ފުރޭ މި ތާރީޚީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށް، ބެލެނިވެރީންނަށް، މުދައްރިސުންނަށް، ހިންގުންތެރީންނަށް، ޚިދުމަތްތެރީންނަށް އަރިސްކުރަނީ ހިތުގެ ފުންމިނުގެ ލޯތްބާއި، ހެޔޮ ދުޢާތަކާ އެކު." ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ރައީސް ޑރ. މުޢިއްޒު މަޖީދިއްޔާ ސްކޫލު ސިފަ ކުރެއްވީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ "އުނގު"ގެ ގޮތުގައެެވެ. އަދި ވިދާޅުވީ މި ޤައުމުގެ އެންމެ ޝަރަފުވެރި "އިލްމީ ބަގީޗާ" ކަމަށާއި މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީހުގައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއް ނެތް ޒިކުރާތަކާއެކު ކަމަށެވެ.

މަދަރުސީ ދައުރުގައި ރަން ވަނަތަކެއް އެ ސުކޫލުގައި ހާސިލު ކުރެއްވި ރައީސް ޑރ. މުޢިއްޒުގެ ތަހުނިޔާގެ މި  މެސެޖުގައި ސްކޫލުގެ ލަވައިގެ ބައެއް ބައިތައް ހިމަނުއްވާފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު