ENGLISH

22 ޖޫން 2026

Advertisement

މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

22 ޖޫން 2026

|

އައިމިނަތު ޝަފާ

މާފުށީ ޖަލު، ފޮޓޯ: އައްޑޫ ލައިވް

މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަށައިފިއެވެ. 

ކަރެކްޝަންސް އިން ބުނީ ފުލުހުންނާ ގުޅިގެން މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް އޮޕަރޭޝަނާ ގުޅޭ ތަފްސީލެއް ދީފައެއް ނުވެއެވެ.

ޖަލަށް މަނާ ތަކެތި ވެއްދުމާއި، ސްކޭމް ކުރުމާއި، ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވިގެން މީގެ ކުރިންވެސް މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްގެންގޮސްފައިވެއެވެެ.

ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމާއި ޖަލުތަކުގެ ޖާގަ އިތުރުކުރުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް ބޮޑީ ސްކޭން ކުރެވޭ ސްކޭނަރެއް ބަހައްޓައި ހިދުމަތްތައް ފަށާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު