ENGLISH

19 އޭޕްރީލު 2025

Advertisement

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ތެރެއިން ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓުކުރާ މުދާ އިތުރުކުރެވޭނެ ގޮތްތައް ބަލަނީ

19 އޭޕްރީލު 2025

|

އިސްމާއީލް ރާތިއު

ޗައިނާގެ ސީއެފްއެންއޭ ގެ ވަފުދުގެ ޒިޔާރަތުގެ ތެރެއިން-- ފޮޓޯ: އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ

ޗައިނާއާއި ރާއްޖެއާ ދެމެދުގައި ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާއަށް ބޭރުކުރާ މުދާ އިތުރުކުރެވޭނެ ގޮތްތައް ބެލުމަށް ޗައިނާގެ ޗެމްބާ އޮފް ކޮމާސް ފޯ ދުޑް ސްޓަފް އެންޑް ނެޓިވް ޕްރޮޑިއުސް (ސީއެފްއެންއޭ)ގެ ޓީމެއް ރާއްޖެއަށް އައިސް ދިރާސާއެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ. 

މި ޓީމުން އިއްޔެ ހުޅުމާލޭގައި ހިންގާ ހުއިފިލަނޑާ ހިއްކާ ތަނަކަށް ޒިޔާރަތްކޮށް އެ މަސައްކަތްކުރާ ގޮތް ބަލައި، ރާއްޖެއިން ހުއިފިލަނޑާ ބޭރުކުރާ ފަރާތްތަކާއެކު ހުއިފިލަނޑާ ބޭރުކުރާ މިންވަރު އިތުރުކުރާނެ ގޮތްތަކާމެދު މަޝްވަރާކޮށްފައިވެއެވެ. 

މީގެ ކުރިން ކ.ގުޅީގައި ހުންނަ އޯނަމެންޓަލް ފިޝް ފެސިލިޓީއަށާއި، ލ.އަތޮޅުގައި މާންދޫ ފިޝަރީޒް ކޮމްޕްލެކްސްއަށް އެ ޓީމުން ޒިޔާރަތްކުރިއެވެ. އަދި އެ ތަންތަނުގައި ކުރަމުންދާ މަސައްކަަތްތައް ބަލައި، އެ ތަންތަނުގެ އުފެއްދުންތައް ޗައިނާއަށް ބޭރުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށްފައިވެއެވެ. 

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ސީއެފްއެންއޭ ގެ ވަފުދުގެ މި ޒިޔާރަތާ ގުޅިގެން ވިދާޅުވެފައިވަނީ މި ޒިޔާރަތަކީ ރާއްޖެ އާއި ޗައިނާ އާއި ދެމެދު ވެވިފައިވާ އެފްޓީއޭގެ ދަށުން ރާއްޖެއިން މުދާ ބޭރުކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުމަށް ކުރެވުނު ޒިޔާރަތެއް ކަމަށެވެ. އަދި ރާއްޖެއިން މުދާ ބޭރުކުރުމުގެ ގާބިލުކަން ހުރި މިންވަރު ދެނެގަތުމަށްޓަކައި ރާއްޖޭގައި ހުރި އެކި ބާވަތުގެ ތަކެތި އުފައްދާ ތަންތަނަށް މި ވަފުދުން ޒިޔާރަތްކޮށް އިންޑަސްޓްރީ ސްޓޭކް ހޯލްޑަރުންނާ ބައްދަލުކުރި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ވަފުދުން ޒިޔާރަތްކުރި އިތުރު ތަންތަނުގެ ތެރޭގައި މަނިޔަފުށީގައި ހުންނަ އެކްރިކަލްޗާ ސެންޓަރާއި، ހިންމަފުށީގައި ހުންނަ ބިގް ފިޝްގެ ފެކްޓަރީއާއި، މިފްކޯވެސް ހިމެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު