ENGLISH

19 އޭޕްރީލު 2025

Advertisement

މާލެ އަތޮޅު ރިސޯޓަކުން ފެނުނު ކިނބޫ ސިފައިން ހިފައިފި

18 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

މިއަދު ފެނުނު ކިނބޫ -- ފޮޓޯ: އެމްއެންޑީއެފް

މާލެ އަތޮޅު ރިސޯޓަކުން ފެނުނު ކިނބޫ ސިފައިން ހިފައިފި އެވެ.

މި ކިނބޫ ފެނުނީ އެޓްމޮސްފިއަރ ރިސޯޓުގެ ވޯޓަރވިލާތައް ކައިރިންނެވެ.

މާލެެއިން ފުރައިގެން ލޯންޗެއްގައި 40 ވަރަކަށް މިނިޓުން ދެވޭ މި ރިސޯޓުން ކިނބޫފެނުމުގެ ހަބަރު ރިޕޯޓުކުރުމުން، ސިފައިން ވަނީ މަސައްކަތްތަކެއް ކޮށް އެ ކިނބޫ ހިފާފަ އެވެ.

އެ ކިނބޫ ރިސޯޓްގެ ތޮށިގަނޑުމަތީން މޫދަށް ފައިބައިގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. 

މީސް މީޑިޔާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި، ގާތްގަނޑަކަށް ހައެއްކަ ފޫޓުގެ ކިނބުލެއް ރިސޯޓުގެ ވޯޓަރވިލާތަކާދިމާ ބޭރު ހިލަތޮށިގަނޑުމަތީ މޫދަށް ފައިބާތަން ފެނެ އެވެ.

ރާއްޖޭގެ އެކި ރަށްރަށުން ވެސް މީގެ ކުރިން ކިނބޫ ފެނިފައިވެ އެވެ. އާއްމުކޮށް އެތަކެތި ފެންނަނީ އެއް ދުވަސްވަރެއްގަ އެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ކިނބުލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމަށް ރެކޯޑު ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު