ENGLISH

19 އޭޕްރީލު 2025

Advertisement

ފުރާޅެއްގެ މައްޗަށް ވެއްޓުނު އަންހެނަކަށް ފަރުވާދެނީ

18 އޭޕްރީލު 2025

|

ފަޒީލް ޢަބްދުލް ލަތީފު

މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ޒުވާން އަންހެނަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި ހެންވޭރުގައި ހުރި ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:23 ހާއިރުއެވެ. އަދި ވެއްޓިފައި އޮއްވާ ފެނުނީ 21 އަހަރުގެ ދިވެހި އަންހެނެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފުގެ ފަޔަރ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު، އެމީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހާދިސާގައި ވެއްޓުނު މީހާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި އައިޖީއެމްއެޗްއިން ވެސް ހާމަކޮށްފައެއް ނުވެއެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުން، އެ އަންހެން މީހާ ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނީ އެތާ ކައިރި ހުރި އެހެން އިމާރާތެއްގެ ނުވަވަނަ ފަންގިފިލާއިންނެވެ.

ނަމަވެސް، މި ހާދިސާ ހިނގިި ގޮތެއް ފުލުހުން އަދި ހާމަނުކުރާތީ އެކަން ވަނީ ޔަގީން ކުރެވޭ ގޮތް ނުވެފައެވެ.

ފުލުހުންދަނީ މިހާރު ދަނީ މިހާދިސާ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު