ENGLISH
19 އޭޕްރީލު 2025
ގެއެއްގެ ފުރާޅު މައްޗަށް ވެއްޓުނު މީހަކަށް ފަރުވާ ދެނީ
18 އޭޕްރީލު 2025
|
މާލެ ސިޓީ: ފޮޓޯ: ހޮލިޑޭ އޮފާ
މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް މީހަކު ވެއްޓިއްޖެ އެވެ.
ދިވެހި ފުލުހުން ޚިދުމަތުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 7:23 ހާައިރު ކަމަށެވެ.
އަދި ބުނީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާއެކު އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.
ފުރާޅު މައްޗަށް ވެއްޓި އަނިޔާވީ އުމުރުން 21 އަހަރުގެ ދިވެހި އަންހެނަކަށެވެ.
އެ އަންހެން މީހާ ވެއްޓެން ދިމާވި ސަބަބެއް ސާފެއް ނުވެ އެވެ. އަދި ވެއްޓުނީ ކިހާ އުސް މިނަކުންްކަން ވެސް ސާފެއް ނުވެ އެވެ.
އެ މީހާ ފުރާޅުމަތީ ވެއްޓިފައި އޮތް މަންޒަރު ފެންނަ ފޮޓޯތަކެއް ދަނީ ދައުރުވަމުންނެވެ. ފުލުހުން ވަނީ އެފަދަ ފޮޓޯތައް ދައުރު ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.
އަދި ބުނީ މި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.