ENGLISH
19 އޭޕްރީލު 2025
މާލެ އަތޮޅު ރިސޯޓަކުން ކިނބުލެއް ފެނިއްޖެ
18 އޭޕްރީލު 2025
|
މީގެ ކުރިން ރިސޯޓަކުން ހިފި 14 ފޫޓުގެ ކިނބުލެއް--ފޮޓޯ:އެމްއެންޑީއެފް
މާލެ އަތޮޅުގައި ހިންގާ ރިސޯޓަކުން ކިނބުލެއް
ފެނިއްޖެއެވެ.
ކިނބޫ ފެނުނީ މާލެ އަތޮޅު މަޑިވަރުގައި ހިންގާ ވަރު ބައި
އެޓްމޮސްފިއަރ ރިސޯޓުގެ ވޯޓަރވިލާތައް ކައިރިންނެވެ.
މާލެެއިން ފުރައިގެން ލޯންޗެއްގައި 40 ވަރަކަށް މިނިޓުން ދެވޭ މި ރިސޯޓުން ކިނބޫފެނުމުގެ ހަބަރު ރިޕޯޓުކުރުމުން، ސިފައިން މިހާރުދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފް އިން މައުލޫމާތުދޭ ގޮތުގައި ކިނބޫ ހިފުމުގެ މަސައްކަތް ސިފައިން މިހާރު ފަށާފައިވިޔަސް، އަދި ކިނބޫ ހިފިފައެއް ނުވެއެެވެ.
މީސް މީޑިޔާގައި ދައުރުވާ ވީޑިއޯއިން ފެންނަ ގޮތުގައި، ގާތްގަނޑަކަށް ހައެއްކަ ފޫޓުގެ ކިނބުލެއް ރިސޯޓުގެ ވޯޓަރވިލާތަކާދިމާ ބޭރު ހިލަތޮށިގަނޑުމަތީ ހަރަކާތްތެރިވެއެވެ.
ރާއްޖޭގެ އެކި ރަށްރަށުން ވެސް މީގެ ކުރިން ކިނބޫ ފެނިފައިވެ އެވެ. އާއްމުކޮށް އެތަކެތި ފެންނަނީ އެއް ދުވަސްވަރެއްގަ އެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ކިނބުލެއްގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމަށް ރެކޯޑު ކުރެވިފައެއް ނުވެއެވެ.