ENGLISH

08 ޖުލައި 2025

Advertisement

އައިޔޫއެމްގެ މަގާމަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ޕީޖީއަށް

18 އޭޕްރީލު 2025

|

އުމްނާ އިސްމާޢީލް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) (ފޮޓޯ/ އައިޔޫއެމް)

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު އައްޔަނުކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހައްގުނޫން ފަރާތަކަށް ވަޒީފާ ދީފައިވާ މައްސަލައެއްގައި ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންް ތަހުގީގުކުރި މި މައްސަލައަކީ، އެ ޔުނިވާސިޓީގެ އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު ހޯދުމަށް 05 ނޮވެންބަރު 2017 ގައި ކުރި އިއުލާނުގެ ދަށުން އެ މަގާމަަށް ހޮވުނު ފަރާތަކީ އިއުލާނުގައި ބަޔާންކުރާ ތައުލީމާއި ތަޖުރިބާގެ ޝަރުތު ހަމަވާ ފަރާތެއް ނޫން ކަމަށް ބުނާ މައްސަލައެކެވެ.

މި މައްސަލައިގައި އޭސީސީންް ދައުވާކުރުމަށް އެދި ފޮނުވާފައިވަނީ އައިޔޫއެމްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޑިރެކްޓަރަކަށް އޭރުހުރި ޑރ. އިބްރާހީމް ސަމީރު (ނަރުގިސްވިލާ / ތ. ތިމަރަފުށި) އާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމުގައި އޭރު ހުންނެވި އަލީ ރަޝީދު (ގުުލްބަކާގެ / ބ.އޭދަފުށި) ގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް އުފުލަން އެދިފައިވަނީ ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މަޢުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްގެން، ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައާއި ގުޅިގެން އޭސިސީން ބުނެފައިވަނީ އެ މަގާމަށް ހޮވުނު ފަރާތަށް ޕޮއިންޓު ދީފައިވަނީ އައިޔޫއެމްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލާ ހިލާފަށް ކަމަށެވެ. އިންޓަރވިއުގައި އެ ފަރާތަށް ގިނައިން ޕޮއިންޓު ދީ، އެފަރާތަށް ލިބޭ ޖުމުލަ ޕޮއިންޓް މަތިކޮށްފައިވަނީ، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމަށްކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު