ENGLISH

19 އޭޕްރީލު 2025

Advertisement

އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން ޕްރޮޕޯސަލް ހުށައަޅަން ފުރުސަތު ހުޅުވާލައިފި

18 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ޢީދަށް މާލެ ޒީނަތްތެރިކޮށްފައި

މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން ބުނީ އެ މިނިސްޓްރީއާ ގުޅިގެން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަަމަށެވެ.

ހުށަހަޅުއްވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އާ އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތެވެ. އެ މިނިސްޓްރީން މި އަހަރު އަޟްޙާ ޢީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގައި ކަމަށް ވެސް ބުންޏެވެ.

ޕްރޮޕޯސަލް ތައްޔާރު ކުރެއްވުމަށްފަހު 1 މޭ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެ މިނިސްޓްރީއަށް ޕްރޮޕޯސަލް އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.

ދެ ޢީދު ފާހަގަ ކުރުމަށް ސަރުކާރުން އިސް ނަގައިގެން ޚާއްސަ އިސްކަމެެއް ދެ އެވެ. މިދިޔަ ފިޠުުރު އީދު ވެސް ވަރަށް ކުލަގަދަ ކޮށް ފާހަގަކުރި އެވެ.

ޢީދަށް ރަށްރަށް ކުލަބޮކިތަކުން ދިއްލާލުމާއި ތަކުބީރުގެ އަޑުން ގުގުމާލަން ފެށީ ރައީސް މުޢިއްޒުގެ ޒަޢާމަތުގަ އެވެ. އޭގެ ކުރީން މާލޭގެ މޭޔަރަށް ހުންނަވާ އެމަނިކުފާނު ވަނީ ޢީދު ކުލަގަދަކޮށް ފާހަގަ ކުރައްވަން ފައްޓަވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު