ENGLISH
08 ޖުލައި 2025
ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި
18 އޭޕްރީލު 2025
|
ދިވެހި ޑޮކްޓަރުންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ޞިއްޙީ ޚިދުމަތުގެ ދާއިރާގައި މަސައްކަތް ކުރައްވާ މުޅި ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އަރިސް ކުރައްވައިފި އެވެ.
ސޯޝަލް މީޑިޔާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަކީ ރައްޔިތުންގެ ދުޅަހެޔޮކަން ކަމަށެވެ.
އަދި، ޞިއްޙީ ޚިދުމަތް ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި ދިވެހި ޑޮކްޓަރުން ދެއްވާ މަޝްވަރާއާއި އެއްބާރުލެއްވުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ދިވެހި ޑޮކްޓަރުންގެ ދުވަހަކީ މީގެ 10 އަހަރު ކުރިން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ. މިއީ ސިއްޙީ ދާއިރާގައި މަސަތްކަޔްކުރަމުން އަންނަ ބޭފުޅުންގެ އަގު ވަޒަންކުރުމަަށް ފާހަގަކުރަން ފެށި ދުވަހެކެވެ.