ENGLISH
19 އޭޕްރީލު 2025
ކަނޑުމަތީގައި އެމްއެންޑީއެފް އިން އަސްކަރީ ތަމްރީނުތަކެއް ބާއްވަނީ
18 އޭޕްރީލު 2025
|
ސިފައިން އަސްކަރީ ހިނގާލުމެއްގައި -- ފޮޓޯ: މިހާރު
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދާތީ އެކަން އާންމުންގެ ސަމާލު ކަމަށް ގެނެސްފި އެވެ.
މި ފަހަރުގެ ތަމްރީނުތަައް އޮތީ މާލެ ސަރަޙައްދުގައި ކަނޑުމަތީގަ އެވެ.
އެމްއެންޑީއެފުން ބުނީ މި ތަމްރީނުތައް އޭޕްރީލް 20 އިން 24 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 17:30 އަށް ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިފަދަ ކޮންމެ ތަމްރީނަކާ ގުޅިގެން އާންމުންގެ ސަމާލު ކަމަށްޓަކާ އެކަން އެ މުއައްސަސާ އިން ހާމަ ކުރެ އެވެ.