ENGLISH

19 އޭޕްރީލު 2025

Advertisement

ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ އާސާރުތައް ޙިމާޔަތްކޮށްގެން.: ރައީސް

18 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

‏ޤައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް ކަމަށާ ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ މި އަގުހުރި ތަރިކަ ޙިމާޔަތްކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ ޤައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް ކަމަށެވެ. އަދި ވިދާޅުވީ ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ މި އަގުހުރި ތަރިކަ ޙިމާޔަތްކޮށްގެން ކަމަށެވެ.

ސަރުކާރުން ދަނީ ޤައުމިއްޔަތު ދިރުވާ އާލާސްކުރުމަށް ޚާއްސަ އިސްކަމެއް ދެއްވަމުންނެވެ. ދިވެހީންގެ ތަރިކައާ ޤައުމުގެ މުހިންމު އާސާރުތައް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށް ދިނުމަށް އެކަމަށް ޚާއްސަކޮށްގެން ވަރަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

މިއިން ޒަމާނަކު އެ ދާއިރާ އިން ނުކުރާހާ ގިނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު