ENGLISH
19 އޭޕްރީލު 2025
ޑްރަގް އޮޕަރޭޝަނެއްގައި ދެ ޒުވާނަކު ޑްރަގާއެކު ހައްޔަރު ކޮށްފި
18 އޭޕްރީލު 2025
|
ފުލުހުން ހައްޔަރުކުރި ދެ ޒުވާނުން
ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ ޒުވާނަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން މިރޭ ބުނީ އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރު ކުރީ ހުޅުމާލެ އެޕާޓްމަންޓެއް ބަލާ ފާސްކުރުމަށް ފަހު ކަމަށެވެ. އެ މީހުން ތިބި އެޕާޓްމަންޓް ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބައެއް ތަކެއްޗާއި ވޭޕާއި ވަޅިއެއް ފެނިފައިވެ އެވެ.
ހައްޔަރު ކުރި ދެ މީހުންގެ ވަނަވަރު ވެސް ވަނީ އާންމު ކޮށްފަ އެވެ. އެއީ މ. އަލިހަވާ ރާއިފު ޔޫސުފް އާއި މ. އަލިހަވާ ރާއިޤު ޔޫސުފް އެވެ.