ENGLISH
19 އޭޕްރީލު 2025
ފްލެޓް ލިސްޓަށް ލިބުނު ޝަކުވާތައް ބަަލަން ފަށައިފި
17 އޭޕްރީލު 2025
|
މިހާރު އަޅަމުންދާ ފްލެޓްތައް -- މިހާރުގެ ފޮޓޯއެއް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4،000 ފްލެޓްގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ލިބުނު ޝަކުވާތައް ބަލަން ފަށަން ފަށާފައިވާ ކަމަށް މިއިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުނެފި އެވެ.
ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެންމެ ފުރަތަމަ ހުޅުވާލީ މާޗް މަހުގެ 1 އިން 30 ގެ ނިޔަލަށެވެ. އެހެންނަމަވެސް ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދުވުމާއި އީދު ބަންދު ދުވަސްތައް އައުމުން، ޝަކުވާ ހުށަހެޅުމުގެ މުއްދަތު އޭޕްރީލް 15 ވަނަ ދުވަހާ ހަމައަށް އިތުރުކުރިއެވެ.
އެ ވުޒާރާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްކީމަށް ފޯމް ހުށައެޅި މީހުން, ޕޯޓަލް މެދުވެރިކޮށް 4,625 ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން މިނިސްޓްރީން ސައްހަކަން ކަށަވަރު ކުރެވުނު 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓްގައި ހިމެނޭ 2,555 އެޕްލިކަންޓުން ޝަކުވާ ހުށައަޅާފައިވާ ކަމަށެވެ.
ކޮންމެ އެލްޕިކަންޓަކަށް އެއް ޝަކުވާއަށް ވުރެ ގިނަ ޝަކުވާ ހުށައަޅަން ފުރުސަތު ދީފައިވާ ކަމަށާ އެގޮތަށް ދިން ފުރުސަތާ އެކު ޖުމްލަ 5,236 ޝަކުވާ ލިބިފައިވާ ކަމަށެވެ.
ޝަކުވާގެ ގޮތުގައި އެ ވުޒާރާއިން ކަނޑައަޅާފައިވާ އީމެއިލްއަށް 2,840 ޝަކުވާ ލިބިފައިވާ ކަމަށާ މިނިސްޓްރީއަށް އެޑްރެސްކޮށް 526 ސިޓީ ހުށައަޅާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ އީމެއިލް ޒަރިއްޔާ އިންނާއި ސިޓީ މެދުވެރިކޮށް ހުށައަޅާފައިވާ ޝަކުވާތަކުގެ ތެރެއިން މިނިސްޓްެރީން ހަމައެކަނި ބަލާނީ ލިސްޓްގައިވާ މީހުންނާއި ގުޅިގެން ތިންވަނަ ފަރާތަކުން ހުށައަޅާފައިވާ ޝަކުވާތައް ކަމަށް ވެސް އެ ވުޒާރާ އިން ބުންޏެވެ.