ENGLISH
19 އޭޕްރީލު 2025
މަޑުލު ވަޙީދުގެ ތައުޒިޔާގެ ދަފްތަރު ހުޅުވައިފި
17 އޭޕްރީލު 2025
|
ވަޙީދުގެ ތައުޒިޔާގެ ދަފްތަރުގައި ވަޒީރު، ނަސީރު ލިޔުއްވަނީ
ދިވެހިބަހާ ސަޤާފަތާ ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، ވަޙީދުގެ ހަނދާނުގައި ބާއްވާ ތަޢުޒިޔާގެ ދަފްތަރު ދިވެހިބަހުގެ އެކެޑަމީގައި މިއަދު ހުޅުވައިފި އެވެ.
ތައުޒިޔާގެ ދަފްތަރުގައި ޝުޢޫރުފާޅުކުރެއްވުމަށް ހުޅުވާލެވިފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:15 އިން ފެށިގެން މި މަހުގެ 30 ވާ ބުދަ ދުވަހުގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު 9ން ފެށިގެން މެންދުރުފަހު 1:30ށް، ދިވެހިބަހުގެ އެކެޑަމީގައެވެ.
މުޙައްމަދު ވަޙީދު (މަޑުލު) އަވަހާރަވީ މި މަހުގެ މިދިޔަ އާދީއްތަ ދުވަހު އެވެ.
މުޙައްމަދު ވަޙީދަކީ ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތުގެ ރޮނގުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މި އެކެޑަމީގެ ކަންކަމަށް ލަފައާއި މަޝްވަރާ ދެއްވި މުޝީރެކެވެ. ޤައުމީ ޚިދުމަތްތެރިއެކެވެ. އަދަބުގެ މާހިރެކެވެ. އެހީތެރި މުރުޝިދެކެވެ.
އަލްމަރްޙޫމް މުޙައްމަދު ވަޙީދު އަވަހާރަވީ އިރު ދިވެހިބަހުގެ ލިޔުންތެރިކަމުގެ ދާއިރާގައި މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ 46 އަހަރަށްވުރެ ދިގު މުއްދަތެއް ވަނީ ވެފައެވެ. ވަޙީދަކީ ލިޔުންތެރިކަމުގައި ދެމިހުންނެވި ބޭފުޅެކެވެ. ރީތި ގިނަ ވާހަކަތަކާއި މަޒުމޫނުތަކާއި ނަސޭހަތާއި ތަފާތު ލިޔުންތައް ދޫކުރައްވައިފައި ވާ ބޭފުޅެކެވެ.
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 2019 ވަނަ އަހަރު ލިބިވަޑައިގެންނެވި ވަޙީދަށް ޢާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު ދެ ފަހަރު ލިބިވަޑައިގެންނެވި އެވެ.
އެއީ 1997ވަނަ އަހަރު ކުރުވާހަކަ ލިޔުމުގެ ރޮނގުންނާއި، 1985ވަނަ އަހަރު ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުންނެވެ. ނޫސްވެރިކަމުގައި ވަހީދު ކުރައްވައިފައި ވާ އަގުހުރި މަސައްކަތްޕުޅަށް 2018 ވަނަ އަހަރު ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން ވަޙީދަށް ލިބިވަޑައިގެންނެވި އެވެ.