ENGLISH

25 އޭޕްރީލު 2025

Advertisement

ޕަވަބޭންކެއް ގޮވާ ދ. ކުޑަހުވަދޫ ގެއެއްގެ ކޮޓަރި އެއްކޮށް އަނދައިފި

17 އޭޕްރީލު 2025

|

އަހުމަދު ސައީދު

ދ. ކުޑަހުވަދޫ ނީލްވިލާ ގޭގައި ޕަވަބޭންކެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި ކޮޓަރި-- ފޮޓޯ/އެމްއެމްޓީވީ

މިއަދު މެންދުރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ދ. ކުޑަހުވަދޫ ނީލްވިލާ ގޭގެ ކޮޓަރިއެއްގައި އޮތް ޕަވަބޭންކެއް ގޮވާ މުޅި ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް އަނދަފިދި އެވެ. 

ނީލްވިލާ އަކީ ދ. އަތޮޅު ކައުންސިލު ރައީސް އަޙްމަދު ޝާފިއު ދިރިއުޅުއްވާ ގެއެވެ. އެ ހާދިސާ ހިނގިއިރު އޭނާ ހުންނެވީ މާލޭގައެވެ. 

ކުޑަހުވަދޫ ކައުންސިލުގެ މެންބަރަކު އެމްއެމްޓީވީ އަށް ވިދާޅުވި ގޮތުގައި ޕަވަބޭންކު ގޮވިކަމަށް މައުލޫމާތު ލިބިފައިވަނީ، ރަށުން ކަރަންޓު ކެނޑިފައި ކަރަންޓު އައި ވަގުތެއްގައެވެ. މިހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައިނުވި ނަމަވެސް ރާނާ ހިޔާކޮށްފައިހުރި ކޮޓަރީގެ އެނދާއި ގޮދަޑި އާއި ސީލިންގާއި ފަރުނީޗަރުފަދަ ސާމާނު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. 

ކައުންސިލު މެންބަރު ވިދާޅުވި ގޮތުގައި ކޮޓަރީގައި ރޯވި އަލިފާން މެންދުރު 1:15 ކަށްހާއިރު ނިއްވާލީ، އެ ރަށުގައި ގާއިމުވެ ތިބޭ އެމްއެންޑީއެފްގެ އަލިފާން ނިންވާ ބޭފުޅުންނާއި ފުލުހުންނެވެ.

އަތޮޅު ކައުންސިލު ރައީސް ޝާފިއު ވިދާޅުވި ގޮތުގައި ޕަވަބޭންކު ގޮވަން ދިމާވީ ކީއްވެގެންކަން އަދި ސާފުވެފައްނުވެއެވެ. އޭނާ ވިދާޅުވީ އެ ހާދިސާ އަކީ ޕަވަބޭންކު ކަރަންޓާ ގުޅާފައި އޮތުމުން ކަރަންޓު އައި ވަގުތު ދިމާވި ކަމެއްކަން ނުވަތަ ނޫންކަން އަދި ޔަގީންކުރެވިފައިނުވާ ކަމަށެވެ. 

ޕަވާބޭންކު ގޮވުމުގެ ހާދިސާތައް ބޭރު ގައުމުތަކުގައި ހިނގާފައި އެބަހުއްޓެވެ. އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމުގެ ނުރައްކާ އޮންނާތީ މަތިންދާ ބޯޓުގައި ޕަވަބޭންކު ބޭނުން ކުރުން ވެސް ވަރަށް ގިނަ އެއާލައިންތަކުން މަނާކޮށްފައިވެއެވެ. އަދި އަތްދަބަހުގައި ނޫނީ، ޕަވަބޭންކު އުފުލުމަކީ ވެސް މަނާކަމެކެވެ.  

ކިޔުންތެރިންގެ ހިޔާލު