ENGLISH
19 އޭޕްރީލު 2025
ރައީީސް މުޢިއްޒަކީ އިސްލާމީ އުންމަތާއި މުޅި އިންސާނިއްޔަތުގެ ޙައްޤުގައި މަސައްކަތް ކުރައްވާ ހިތްވަރުގަދަ ލީޑަރެއް: ވަށަފަރު ކައުންސިލް
17 އޭޕްރީލު 2025
|
ރައީސް މުޢިއްޒު, ވަށަވަރު ކައުންސިލް މެންބަރުނާ އެކު
ރައީީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ އިސްލާމީ އުންމަތާއި މުޅި އިންސާނިއްޔަތުގެ ޙައްޤުގައި މަސައްކަތް ކުރައްވާ ހިތްވަރުގަދަ ލީޑަރެއް ކަމަށް ވަށަފަރު ކައުންސިލް ބުނެފި އެވެ.
އެ ރަށު ކައުންސިލުން މިހެން ބުނީ ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާ ކުުރުމާއި ގުޅިގެން މަރުޙަބާ ކިޔާ ނެރެފައިވާ ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް އެ ކައުންސިލުން ކުށްވެރި ކުރާ ކަމަށާ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓާލާ ޣައްޒާގެ ބިމުން އިޒްރޭލުގެ ރަޙުމްކުޑަ ސިފައިން ފޭބުމަށް ގޮވާލާ ކަމަށެވެ.
ޣައްޒާގައި ހިންގާ ޤަތުލުޢާންމު ހުއްޓުވުމަށް އިސްލާމީ ޤައުމުތައް ވަނީ ނުކުޅެދިފައި ކަމަށާ ނަމަވެސް މިކުޑަކުޑަ ރާއެްޖެއިން ޣައްޒާގެ މުސްލިމުންގެ ޙައްޤުގައި ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށް ވެސް ބުނެފައިވެ އެވެ.
"މިގޮތުން ދިވެހިރާއެްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހިތްވަރުގަދަ ނިންމެވުމާއި އެކު ވަނީ އިޒްރޭލްގެ ޕާސްޕޯޓްގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކުރައްވާފަ އެވެ. މިކަމުން އެނގިގެން ދަނީ ރައީސުލްޖުމްހޫރިއްޔާ އަކީ އިސްލާމީ އުންމަތާއި މުޅި އިންސާނިއްޔަތުގެ ޙައްޤުގައި މަސައްކަތް ކުރާ ހިތްވަރުގަދަ ލީޑަރެއްގެ ގޮތުގަ އެވެ,"
އެހެން ކަމުން ވަށަފަރު ކައުންސިލާއި ރައްޔިތުންގެ ނަމުގައި ރައީސް މުޢިއްޒަށް ވަނީ އިޚްލާސްތެރި ޝުކުރެއް ދަންނަވާފަ އެވެ.