ENGLISH

10 މޭ 2025

Advertisement

ސައިޓެއްގައި މަސައްކަތް ކުރަން ހުރި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

17 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ފުވައްމުލަކު ސިޓީ

ޏ. ފުވައްމުލަކުގައި ސައިޓެއްގައި މަސައްކަތް ކުރަން ހުރި ޒުވާނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ކުއްލި ގޮތަކަށް ނިޔާވެފައި ވަނީ ރ. އަލިފުށި އަބަދަށްހިޔާ އުމުރުން 27 އަހަރުގެ އަބްދުﷲ ރިޝްދާން އެވެ.

އޭނާ ހުރީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓެއްގައި މަސައްކަތުގަ އެވެ. ކުއްލި ގޮތަަކަށް ޚަބަރު ހުސްވެގެން ވެއްޓުނީ އެވެ. 

ފުލުހުން ބުނީ ފުވައްމުލަކު ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ. އެ މައްސަަލައިގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު 12:11 ހާއިރު ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މީހާގެ މޫނުމައްޗަށް އަނިޔާވެފައިވާ ކަމަށާ އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު