ENGLISH

11 މޭ 2025

Advertisement

ހުޅުމާލެ ފޭސް 2 ގެ ދާއިމީ ބައެއް މިސްކިތްތައް މި އަހަރު ހުޅުވޭނެ

17 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ހުޅުމާލޭގައި ފަހުން ހުޅުވި މިސްކިތެއް: އިތުރު މިސްކިތްތައް މި އަހަރު ހުޅުވޭނެ

ހުޅުމާލެ ފޭސް 2 ގެ ދާއިމީ ބައެއް މިސްކިތްތައް މި އަހަރު ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގަ އެވެ.

ހުޅުމާލެ ފޭސް ދޭއްގައި މިހާރު ވަރަށް ބޮޑު އާބާދީއެއް އެބައޮތެވެ. ނަމަވެސް މިސްކިތްތަކުގެ އަދަދު ވަރަށް މަދެވެ. އެހެން ކަމުން ވަގުތީ މިސްކިތްތަކެއް ވަނީ ހަދާފަ އެވެ.

ދާއިމީ މިސްކިތްތަކުގެ މަސައްކަތް ފެށިފައި ވީނަމަވެސް ގިނަ މިސްކިތްތަކުގެ މަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފަ އެވެ އެ މިސްކިތްތައް ނިންމުމަށް މި ސަރުކާރުން ދަނީ ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ފޭސް 2 ގެ ދާއިމީ ބައެއް މިސްކިތްތައް މި އަހަރު ހުޅުވޭނެ ކަމަށެވެ. މިގޮތުން ތިން ބުރި މިސްކިތެއް ހިޔާ ޓަވަރުތައް ކައިރީގައި އަންނަ މަހު ފަހުކޮޅު ހުޅުވޭނެ ކަމަށް ވިދާޅުވި އެވެ.

"އަމާޒަކީ މިއަހަރުގެ ނިޔަލަށް ވަގުތީ ހުރިހައި މިސްކިތްތައް ނިމުމަކަށް ގެނައުން," މިހާރު ހުރި ވަގުތީ މިސްކިތްތަކުގެ ބަދަލުގައި ދާއިމީ މިސްކިތްތައް މި އަހަރުގެ ނިޔަލަށް ހުޅުވޭނެ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު