ENGLISH

11 މޭ 2025

Advertisement

ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ

17 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަން އެއްބަސްވުން ޤާއިމު ކުރުން -- ފޮޓޯ: ޕޮލިސް

ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމައިިފި އެވެ.

މި މަސައްކަތް ކުރަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޔޫއެންއޯޑީސީ ގުޅިގެން ރަށްރަށުގެ ބަނދަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތުގެ ދަށުންނެވެ.

ކުޅުދުއްފުށި ސިޓީ ބަނދަރުގައި ސީސީޓީވީ ކެމެރާ ހަރުކުރުމާ ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތާއި ކުޅުދުއްފުށި ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި މިއަަދު ވަނީ ސޮއިކޮށްފަ އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ އަޕަރ ނޯތު ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހީމް ޒުހުރީ އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު އަޙްމަދު އާޠިފް އެވެ.

މި އެއްބަސްވުމުގެ ދަށުން ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަރުހަލާ ކުރިއަށް ގެންދާނީ ފޭސްތަކަކަށް ބަހާލައިގެން ރަށުގެ އެކި ހިސާބުތަކުގައި ހަރުކުރާ ގޮތަށެވެ. މިގޮތުން ފުރަތަމަ ފޭސްގައި ހަރުކުރަން ހަމަޖެވިފާ ސަރަހައްދަކީ ކުޅުދުއްފުށި ސިޓީގެ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރެވެ. މި ކެމެރާތަކުގެ ކޮންޓްރޯލް އަދި ސާވަރ ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީ ޕޮލިހުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު