ENGLISH

11 މޭ 2025

Advertisement

ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރުމަކީ އަޅުގަނޑަށް ވަރަށް މުހިންމު ކަމެއް: ރައީސް

17 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

"ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑްގެ ތެރެއިން..ފޮޓޯ: ރައީސް އޮފީސް

މަސްވެރިންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމަކީ އެމަނިކުފާނަށް ވަރަށް މުހިންމު ކަމެއްކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ޙިއްޞާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ، ސީދާ މަސްވެރިންނާ ދެމެދު ގުޅުން ބާއްވާ ކަމަށާއި ކޮންމެ ދުވަހަކު މަސްވެރިން ކޮންމެ ދުވަހަކު މެސެޖު ކުރި ކަމުގައިވީ ނަމަވެސް ޖަވާބު ދެއްވާ ކަމަށެވެ.

" އަޅުގަނޑަށް ވަރަށް މުހިންމު މަސްވެރިންނާ ގާތުން މަސައްކަތްކުރުން" - ރައީސް

މަސްވެރިންގެ އަޑު ގާތުން އައްސަވައިގެން އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވާކަމަށްވެސް އެމަނިކުފާނު ޕޮޑްކާސްޓުގައި ވިދާޅުވިއެވެ. އެގޮތުން، މަސްވެރިންގެ އެންމެ ބޮޑުއެއް ކަންބޮޑުވުންކަމަށްވާ އައިސް ހޯދުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ދޯނިތަކުގައި އާރް.އެސް.ޑަބްލިޔު ހަރުކުރުމަށް މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވާ ކަމަށެވެ. އަދި ރަށް ރަށުގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން އިތުރަށް ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، މިއަހަރު ނިމެންވާ އިރަށް ކޮންމެ އަތޮޅެއްގައި ކަނޑައެޅި ރަށުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ކަމަށެވެ.

މަސްވެރިންނަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި ވަރަށް ގިނަ ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި އުމްރާނީ ތަރައްޤީއާއި މަސްވެރިންނަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު