ENGLISH

10 މޭ 2025

Advertisement

އުއްމީދަކީ ޒުވާނުން މަސްވެރިކަމަށް އެނބުރި އައުން: ރައީސް

17 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް

މަސްވެރިކަމުން ރަނގަޅު އާމްދަނީއެއް ނުލިބޭތީ ދޯނިތަކުން ފޭބި ޒުވާނުން މަސްވެރިކަމުގެ ސިނާޢަތަށް އަނބުރާ އައުން އެއީ ވަރަށް ބޮޑު އުއްމީދެއް ކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގައި މަސްވެރިކަމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި ތިބި ބިދޭސީންގެ ބަދަލުގައި ދިވެހި ޒުވާނުން ދޯނިތަކަށް އެރުމަށް ބޭނުންފުޅުވާ ކަމަށެވެ. އަދި ޤަވައިދުން ފައިސާ ދޭން ފެށުމުން، އާމްދަނީ ނުލިބިގެން ދޯނިތަކުން ފޭބި ބައެއް ޒުވާނުން އެނބުރި ދޯނިތަކަށް އައިސްފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"ކުރީގައި މަސްވެރިކަމުގައި ފައިސާ ނުލިބޭތީ ދޯނިން ފޭބި އެތައް ބަޔަކު، ޒުވާނުން ހާއްސަކޮށް، އަނބުރާ ހިނގައްޖެ. އެހެން މަސައްކަތްތައް ފަށާފައި، އާންމުކޮށް މިހުންނަ ވަޒީފާތަކަށް ދާން ފެށި ބައެއް ޒުވާނުން މިހާރު އެބަދޭ. އެއީ އަޅުގަނޑު ބޭނުންވި ގޮތް، " - ރައީސް

އަދާ ހަމައަށް ގާތްގަނޑަކަށް 470 މިލިއަން ރުފިޔާ މަސްވެރިންނަށް ދެވިފައިވާކަން ފާހަކުރައްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މެދުކެނޑުމެއް ނެތި މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެމުންދާ ކަމަށެވެ.

48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަކީ ރައީސްގެ ރިޔާސީ ވަޢުދުފުޅެކެވެ. އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އަންނަނީ މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު