ENGLISH
10 މޭ 2025
ޖެނަރޭޝަނަލް ބޭންއަށް އަމަލުކުރަން ރައީސް ބޭނުންފުޅުވަނީ ހަ މަސް ދުވަސް ދިނުމަށް ފަހު
17 އޭޕްރީލު 2025
|
ވަކި އުމުރަކުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނަރޭޝަނަލް ބޭން" ކަނޑައަޅާ ޤާނޫނަށް އަމަލު ކުރުމަށް އެމަނިކުފާނު ބޭނުންފުޅުވަނީ ހަ މަސްދުވަހުގެ މުހުލަތެއް ދިނުމަށް ފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ދާދިފަހުން ކެބިނެޓުން ނިންމާފައިވަނީ 1 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ޤާނޫނަށް ގެނަންނަން ޖެހޭ ބަދަލުތައް ގެނައުމަށެވެ.
ރައްޔިތުންނާއެކު" ޕޮޑްކާސްޓް އެޕިސޯޑް 4 ގައި ރައީސް ޑރ. މުޢިއްޒު ވަނީ "ޖެނެރޭޝަނަލް ބޭން" އެއް ކަނޑައަޅަން ނިންމެވި ނިންމެވުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ.
"އަޅުގަނޑުގެ ވިސްނުމަކީ މި މަސްނިމުމުގެ ކުރިން މަޖިލީހުން ގާނޫނު ފާސްވެއްޖެއްޔާ އެބަ ލިބޭ ހަ މަސް މި ޤާނޫނު ތަންފީޒު ވުމާ ހަމައަށް. އެއީ މިހާރު 18 އަހަރުފުރިފައި ތިބި ކުދިންނަށްވެސް އެއިން ނިކުންނަން އެބަ ލިބޭ ހަ މަސް ދުވަސް. އެއީ ހަމަ އެންމެ އެކަށޭނެ މިންވަރެއް. ދިރާސާތަކުން ދައްކާ ތިން މަސް ދުވަސް ތެރޭގައި ވަރަށް އިފެކްޓިވްކޮށް ޓޮބޭކޯ ސިސޭޝަން ނަތީޖާ ވަރަށް ރަނގަޅު ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޖެނަރޭޝަން ބޭން ކަނޑައެޅުމުން ޅަ އުމުުރުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތެރެއަށް ވަނުން ހުއްޓިގެންދާނެ ކަމަށެެވެ. އަދި ވިދާޅުވީ ޖެނެރޭޝަން ބޭންއެއް ކަނޑައެޅުމުން ސަލާމަތްވެގެންދަނީ ރާއްޖޭގެ ރައްޔިތުންގެ ސިއްހަތު ކަމަށެވެ.
އޭގެ އިތުރުން ރައީސް ވަނީ އެންމެން ގުޅިގެން މަސައްްކަތްކޮށްފިނަމަ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ނުރަނގަޅު އާދައިން ޤައުމު ސަލާމަތްކުރެވިދާނެ ކަމަށް ވިދާޅުވާ ބަސްފުޅު މިއަދު ވެސް ތަކުރާރުކުރައްވާފަ އެވެ.