ENGLISH
10 މޭ 2025
ފާރުގަނޑުތަކަށް ފަރުވާދިނުމަށް ހާއްސަ ކްލިނިކެއް ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވައިފި
17 އޭޕްރީލު 2025
|
ފާރުގަނޑުތަކަށް ފަރުވާދިނުމަށް ހާއްސަ ކުލިނިކެއް ހުޅުމާލެ ހޮސްޕިޓަލުގައި މިއަދު ހުޅުވައިފިއެވެ.
މި ކްލިނިކް އިފްތިތާހް ކޮށްދެއްވީ މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމްއެވެ. އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއިއޯ ވިދާޅުވީ މިއީ ހުޅުމާލެ ހޮސްޕިޓަލަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ކަމެއް ކަމަށާއި މިއީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއްކަމަށް ސީއިއޯ އަބްދުއްރައްޒާގް ހަލީމް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުން ވޫންޑް ކެއާގެ ފަރުވާ މިއަހަރުވެސް މިހާތަނަށް ފަސްހާހައްވުރެ ގިނަމީހުންނަށް އެޙިދުމަތް ދެވިފައިވާކަމަށެވެ. އަދި މިފަރުވާ އަށް ޚާއްސަ ކްލިނިކެއް މިއަދު ހުޅުވިފައިމިވަނީ ޒަމާނީ ވަސީލަތްތަކާއިއެކީ ކަމަށާއި އަދި ވަކި މެނޭޖްމެންޓެއްގެ ދަށުން ކްލިނިކް މެނޭޖްކުރެވިގެން ދާނެކަމަށްވެސް ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވިއެވެ.
ރަސްމިއްޔާތަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކޮންސަލްޓެންޓް ސަބް ސްޕެޝިއަލިސްޓް އިން ޕްލާސްޓިކް ސާޖަރީ ޑރ. މުޙައްމަދު ވަހީދު ވިދާޅުވީ އެޑްވާންސް ވޫންޑް ކެއާ އަކީ ވަކިގޮތަކަށް ބައްޓަން ކުރެވިގެން ފާރު ޖަހާފައި ހުންނަ ބަލި މީހުންނަށް ދެވޭ ޚާއްސަ ފަރުވާއެއް ކަމަށެވެ. އޭގެ ތެރޭގައި ދުނިޔޭގައި މިހާރު އެންމެ އެޑްވާންސްކޮށް ބޭނުންންކުރާ ޑްރެސިން މެޓީރިއަލް މިކިލްނިކުން ބޭނުންކުރާނެކަމަށް ވިދާޅުވިއެވެ.
އަދި މީގެ ކުރިން ބަލިމީހާ ދައްކަން ބޭނުންވާ ކޮންމެ ފަހަރަކު އެޕޮއިންޓްމެންޓް ހައްދަން ޖެހުނު ކަމުގައިވިޔަސް އެޑްވާންސް ވޫންޑް ކެއާ ކްލިނިކް ތައާރަފް ވުމުން ބަލިމީހާ ކްލިނިކް ގައި ރަޖިސްޓްރީ ކުރެވި އެކްލިނިކުން ބަލިމީހާއަށް ދޭނެ ފަރުވާ ހޯދާ ބަލިމީހާ ބަލާނެ ދުވަސްވެސް ކްލިނިކުން ހަމަޖައްސަދޭނެކަމަށް ޑރ. މުޙައްމަދު ވަހީދު ވިދާޅުވިއެވެ.