ENGLISH

10 މޭ 2025

Advertisement

"އަބަދަށް" ބަލާފައި ރިގްރޭޓެއް ނުކުރާނެ

17 އޭޕްރީލު 2025

|

މުރުޝިދު އަބްދުލް ޙަކީމް

މި މަހު އޮލިމްޕަހަށް އަންނަން ތައްޔާރުވެފައިވާ "އަބަދަށް" ބަލައިގެން އެއްްވެސް މީހަކު ފިލްމު ބެލުނީތީ ފަހުން "ރިގްރެޓް" ނުކުރާނެ ކަމަށް ބުނެ ފިލްމުގެ ޕްރޮޑިއުސަރ ހުސެއިން ނޫެރައްދީން ފިލްމާމެދު ބޮޑު ޔަގީންކަމެއްދީފި އެވެ.

ދިވެހީންގެ ބޮޑު މަގުބޫލުކަމެއް ހޯދި "ލޫދިފާ"ގެ ޕްރޮޮޑިއުސަރ ނޫރައްދީން އަހަރުތަކެއް ފަހުން އޮލިމްޕަހަށް "އަބަދަށް" ގެންނައިރު އެމްއެމްޓީވީއަށް ދިން އިންޓަވިއުގައި އޭނާ ބުނީ ފިލްމެއް ބަލައިގެން ލިބޭނެ ހުރިހާ ހިތްހަމަޖެހުމަކާއި އުފަލެއް "އަބަދަށް"ބަލައިގެން ލިބޭނެ ކަމެވެ.

"މި ފިލްމް ބަލައިގެން އަބަދަށްޓަކައި އެ ހިތްހަމަޖެހޭނެ. އެހެންވެ މި ފިލްމަށް އަބަދަށް މި ނަން މިދިނީވެސް"

މިއަދުގެ މުޖުތަމައުގައި ހިނގަމުންދާ މުހިންމު ހަދިސާތަކުގެ މައްޗަށް ބަލައިގެން ހަދާފައިވާ މި ފިލްމުގައި މޯލްޑިވްސް ޕޮލިސް ސާރވީސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން މިއަދުގެ މުޖުތަމައުގައި އަދާކުރާ ދައުރުވެސް ވަރަށް ބޮޑަށް ވަނީ ގެނެސްދީފަ އެވެ.

 ލޫދިފާ" އާއި 'ހޭލާ' އަދި 'ހެޕީ ބާތު ޑޭ' ފަދަ މޮޅެތި ފިލްމުތައް ގެނެސްދިން މޫމިން ފުއާދު ލިޔެ ޑައިރެކްޓްކޮށްފައިވާ "އަބަދަށް" ބަލަން ދާ މީހަކު ފިލްމް ރީތިވެދާނެތޯ ސުވާލެއް ވެސް ނުއުފައްދާނެ އެވެ

  މި މަހުގެ 28 ވަނަ ދުވަހު އޮލިމްޕަހުގައި ދައްކަން ޓިކެޓް ވިއްކަމުން އަންނަ ދިވެހި ފިލްމު 'އަބަދަށް"ގައި އިސް ރޯލެއް އަދާކުރަނީ ރާއްޖޭގައި މި ވަގުތު ތިބި އެންމެ މޮޅެތި ފަންނާނުންނެވެ. ޔޫސުފް ޝަފީއު(ޔޫއްޕެ)، އިސްމާއީލް ރަޝީދު(ކޮޕީ އިއްސެ) ވާޝިޔާ މުހައްމަދު، އަހްމަދު ޝާރިފު، ފަދަ އިތުރު މާބޮޑު ތައާރަފަކަށް ބޭނުން ނުވާނެ ތަރިން މި ފިލްމުގައި މުހިންމު ރޯލްތައް ވަނީ އަދާކޮށްފަ އެވެ. މި ފިލްމުގައި އެމީހުން ދައްކައިދީފައިވާ އާދަޔާ ހިލާފު ހުނަރު ފިލމު ނުބަލަނީސް ސިފަ ކޮށްދިނުންވެސް ވާނީ އުނދަގޫ ކަމަކަށެވެ. 

މި ފިލްމްގެ ހާއްސަ ސިފަތަކެއް ނޫރައްދީންވެސް ފާހަގަކުރެ އެވެ.

"މި ފިލްމް ބައްލަވާލައްވާފައި ރިގްރޭޓެއް ނުކުރައްވާނެ. ފިލްމެއް ބަލާލާފައި ހިތްހަމަޖެހުން ލިބޭނެ. މި ފިލްމު ބަލާލާފައި ދިވެހިންވެސް ރަނގަޅު ފިލްމު އުފައްދަ އޭ، ދިވެއްސަކަށްވީތީ ފަހްރުވެރިވަމޭ ބުނާފަދަ އިހްސާސެއް މި ފިލްމުން ގެނެސްދޭނެ،" ނޫރައްދީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު