ENGLISH
10 މޭ 2025
ވިޔަފާރިވެރިންނަށް އައު ލުޔެއް: 'ޓްރޭޑިއަން' ޕްލެޓްފޯމް އާދީއްތަ ދުވަހު ތަޢާރަފުކުރަނީ
17 އޭޕްރީލު 2025
|
ފޮޓޯ: ދި އެޑިޝަން
ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓް ވިޔަފާރިވެރިންނަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އެއް ޕްލެޓްފޯމަކުން ޚިދުމަތް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" އަންނަ އާދިއްތަ ދުވަހުން ފެށިގެން ތަޢާރަފުކުރުމަށް ވަނީ ނިންމައިފިއެވެ.
"ޓްރޭޑިއަން" އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅުގެ ދަށުން، ދިވެހި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ ސަބަބުން، އިމްޕޯޓް އަދި އެކްސްޕޯޓް ވިޔަފާރިއާ ގުޅުންހުރި އެކި އިދާރާތަކުގެ ޚިދުމަތްތައް އެއް ތަނަކުން އޮންލައިންކޮށް ލިބިގަތުމުގެ ފުރުޞަތު ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ނިންމުމާ އެއްގޮތަށް، އިމްޕޯޓް އަދި އެކްސްޕޯޓާ ގުޅުންހުރި އިދާރާތައް އެއް ވިއުގައަކުން ގުޅާލުމަށް އުފައްދާފައިވާ "ޓްރޭޑިއަން" ޕްލެޓްފޯމް އަންނަ އާދީއްތަ ދުވަހުން ފެށިގެން ބޭނުންކުރަން ފެށޭނެއެވެ. މިއާއެކު، އެމްޕީއެލްއިން ފޯރުކޮށްދެމުންދާ ބައެއް ޚިދުމަތްތައް މި ޕްލެޓްފޯމަށް ބަދަލުކުރެވޭނެ ކަމަށާއި، ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ޚިދުމަތްތައް ފޯރުކޮށްދެވޭނީ ހަމައެކަނި "ޓްރޭޑިއަން" މެދުވެރިކޮށްކަން އެމްޕީއެލްއިން ފާހަގަކުރައްވާފައިވެއެވެ.
އެމްޕީއެލްއިން "ޓްރޭޑިއަން" މެދުވެރިކޮށް ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ތެރޭގައި:
މީގެ އިތުރުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތްތައްވެސް އަންނަ އާދީއްތަ ދުވަހުން ފެށިގެން "ޓްރޭޑިއަން" މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށް ކަސްޓަމްސްއިން ހާމަކުރައްވާފައިވެއެވެ. ނަމަވެސް، ޖޫން މަހުގެ 1 ވަނަ ދުވަހާ ހަމައަށް "ޓްރޭޑިއަން" ގައި ރަޖިސްޓަރީ ނުވާ ފަރާތްތަކަށް، ކާގޯ މެނިފެސްޓް ހުށަހެޅުމާއި ވެސަލް އެރައިވަލް އިންފޮމޭޝަން ކަސްޓަމްސްއަށް ހުށަހެޅުމުގެ ޚިދުމަތް މިހާރެކޭ އެއްގޮތަށް ލިބެން ހުންނާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކަސްޓަމްސްއިން ޓްރޭޑިއަން މެދުވެރިކޮށް ދޭ ޚިދުމަތްތައް:
ޓްރޭޑިއަން ފަރުމާކޮށްފައިވަނީ އިޤްތިޞާދީ ދާއިރާގެ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެންނެވެ. މިކަމާއި ގުޅޭ ގިނަ ބައްދަލުވުންތަކެއް ޓްރޭޑް ނެޓްގެ ފަރާތުން ވަނީ ބާއްވާފައެވެ. މި ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.